ޕޮމްޕެއޯގެ ވާހަކަތަކަށް ޗައިނާއިން ރައްދު ދެއްވައިފި

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ޕޮމްޕެއޯ ރާއްޖެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޗައިނާއަށް ފާޑުވިދާޅުވުމުން، ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ރައްދު ދެއްވައިފިއެވެ.

ޕޮމްޕެއޯ އިއްޔެ ރާއްޖެ ވަޑައިގެން ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއި ބައްދަލު ކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ވަނީ ދައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ރާއްޖެއާއި ޗައިނާއާއި ދެމެދު އޮންނަ ގުޅުން ބަދަހިވަމުން އަންނަ ކަމަށާއި އަދި ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ރާއްޖެ ފަދަ ކުދި ގައުމުތަކަށް ބިރުދެއްކުމުގެ އަމަލުތަކެއް ހިންގަމުންދާކަމަށް ވެސް ވިދާޅުވެފައެވެ. އަދި ޗައިނާގެ ސަބަބުން ރާއްޖެ ފަދަ ކުދި ގައުމުތަކުގެ ތިމާވެއްޓަށް ގެއްލުން ވަމުންދާ ކަމަށް ވެސް ވިދާޅުވެފައެވެ.

މި ކަންކަމަށް ރައްދު ދެއްވައި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ޗައިނާއާއި އެހެން ގައުމުތަކާއި ދެމެދު އޮންނަ ގުޅުން ހީނަރު ކުރުމަށް އެމެރިކާއިން އަންނަނީ ދޮގު ހަބަރުތައް ފަތުރަމުން ކަމަށް ވިދާޅުވެފައެވެ. އަދި ޗައިނާއިން ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ކުރި ހޯދާދަމުންދާ ކަމަށް ވިދާޅުވެ، އެމެރިކާއިން އިން ކޮވިޑް-19 އިން ރައްކާތެރިވުމަށް މާ ބޮޑު ކަމެއް ނުކުރެވޭ ކަމަށް ވިދާޅުވެފައި ވެއެވެ.

އަދި ޗައިނާއިން ނޭޝަނަލް ކްލައިމެޓް ސްޓްރެތެގީ އަށް ފުރިހަމައަށް އަމަލު ކުރަމުންދާ ކަމަށާއި އެ ގައުމަކީ 2060 ވަނަ އަހަރު އަންނަން ވާއިރަށް އެ ގައުމަކީ ބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ސެކްރެޓަރީ ޕޮމްޕެއޯ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ވިދާޅުވުމަށްފަހު އެ މަނިކުފާނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ގިނަ ދާއިރާތަކަކުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ގޮތުން، ދެ ޤައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި ގުޅުން ބަދަހިކުރުން އިތުރުކުރުމާއި، ވިޔަފާރީގެ ގުޅުންތަކާއި އިންވެސްޓްމެންޓުތައް އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމާއި، ސައިބަރ ސެކިއުރިޓީ ވަރުގަދަކޮށް ނިރުބަވެރިކަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމާއި، އިންޑޯ-ޕެސިފިކް ސަރަޙައްދުގެ މިނިވަންކަން ދަމަހައްޓައި، އެ ސަރަޙައްދުގެ ވިޔަފާރި ކުރިއެރުވުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ