ޕިކަޕެއްގައި އުފުލި ބަނގުރަލާއެކު 4 މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިރޭ މ.ހަނދުވަރީ ހިނގުމުން ދުއްވާފައިދިޔަ ޕިކަޕެއް ހުއްޓުވައި ބަލައި ފާސްކުރިއިރު ބަނގުރާ ފެނިފައިވާ ކަމަށެވެ. އަދި މިމައްސަލާގައި 4 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ތިން ބަނގުލަދޭޝް ފިރިހެނުންނާއި، ދިވެހި ފިރިހެނެކެވެ. އަދި ބަނގުލަދޭޝް އަށް ނިސްބަތްވާ މި ތިން ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފިލަން މަސައްކަތް ކުރަނިކޮށް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މި މައްސަލަ ދަނީ އިތުރަށް ތަހުޤީގް ކުރަމުންނެވެ.



