މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދިންގޮތުގައި، މި ހާދިސާގެ މައުލޫމާތު ރިޕޯޓުކޮށްފައިވަނީ، މިއަދު ހެނދުނު 08:30 ގައެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ، ގ. ނަލަ ގޭގައި ހުރި ޕެނަލް ބޯޑެއްގައި އަލިފާން ރޯވެގެން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އަދި ގާތްގަނޑަކަށް ފަސް މިނެޓެއް ހާއިރު، ތެރޭގައި އެ ގޭގައި ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އަދި މި ހާދިސާގައި އިތުރު ގެއްލުމެއް ލިބިފައިނުވާއިރު، އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.



