ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދުމަށް ފޮޓޯ އާއްމުކޮށް އާއްމުންގެ އެހީއަށް އެދެފިއެވެ.
ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޑިޑާ (30އ) އެވެ.
"ޑިޑާއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދެން." ފުލުހުން ވިދާޅުވިއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުން ފާހަގަކޮށް ޝުކުރުދެންނެވިއެވެ.