ލޯނު އުސޫލުން އެތުލެޓިކޯ މެޑްރޑް ދޫކޮށް އަލްވާރޯ މޮރާޓާ ޔުވެންޓަސްއާއި ގުޅިއްޖެއެވެ.
10 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުން މޮރާޓާ ޔުވެންޓަސްއާއި ގުޅުނީ 1 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މީގެކުރިންވެސް ޔުވެންޓަސްއަށް ކުޅެފައިވާ މޮރާޓާ 2014 އިން 2016 އަށް ޔުވެންޓަސްގައިވަނީ ހޭދަކޮށްފައެވެ.
ޔުވެންޓަސްގައި ހޭދަކުރި ދެ ސީޒަންގައި މޮރާޓާވަނީ ޔުވެންޓަސްއާއެކު އިޓާލިއަން ސެރީއާ ދެ ފަހަރު އަދި އިޓާލިއަން ކަޕް ދެ ފަހަަރު ކާމިޔާބުކޮށްފައެވެ. މޮރާޓާ ޔުވެންޓަސްއަށް އެންމެފަހުން ކުޅުނު މެޗަކީ 2016 ވަނަ އަހަރުގެ އިޓާލިއަން ކަޕް ފައިނަލްގައި އޭސީ މިލާނާއި ދެކޮޅަށް ކުޅުނު މެޗެވެ.1-0 ގެ ނަތީޖާއަކުން ޖުވެންޓަސް ކާމިޔާބުކުރި މިމެޗުގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ މޮރާޓާއެވެ.
More memories ❤️
More victories ?
More sound ?
More lights ✨#MOREMORATA @alvaromorata#LiveAhead pic.twitter.com/VZc9fUMWIs— JuventusFC (@juventusfc) September 22, 2020
ޔުވެންޓަސްއިން ނެރެފައިވާ ބަޔާނެއްގައި ބުނީ، މޮރާޓާ އެކްލަބު ދޫކޮށްފައި މީގެކުރިން ގޮސްފައިވަނީ އެތަށް ހަނދާންތަކެއް ދޫކޮށްފައިކަމަށާއި، އަދި އެ ހަނދާންތައް އަލުން އާކުރުމަށް ޔުވެންޓަސްއިން ތައްޔާރަށް އޮތްކަމަށެވެ.
އަދި އެތުލެޓިކޯ ދޫކޮށް 2016 އަލުން ރެއަލްމެޑްރިޑާއި ގުޅުމަށްފަހު، 2017 ވަނަ އަހަރު ޗެލްސީއަށް ބަދަލުވިއެވެ. ޗެލްސީގައި ދެ ސީޒަން ހޭދަކުރުމަށްފަހު މޮރާޓާ ދެން ގުޅުނީ އެތުލެޓިކޯ މެޑްރިޑާއެވެ. އެތުލެޓިކޯ މެޑްރިޑުގައިވެސް ދެ ސީޒަން މޮރާޓާ ހޭދަކޮށްފައިވާއިރު، ފުރަތަމަ ސީޒަންގައި ސްޕެނިޝް ލަލީގާގައި ކުޅުނު 15 މެޗުން 6 ލަނޑު މޮރާޓާ ކާމިޔާބުކޮށްދިނެވެ. އަދި ނިމުނު ސީޒަންގައި އެތުލެޓިކޯ މެޑްރިޑަށް ލަލީގާގައި ކުޅެދިން 34 މެޗުން 12 ލަނޑު މޮރާޓާ ކާމިޔާބުކޮށްފައިވާއިރު، ދެ އެސިސްޓްވެސްވަނީ ހަދާފައެވެ.



