އިއްޔެ އެކަނިވެސް 2 ލައްކައަށްވުރެ ގިނަ މީހުން ޕޮޒިޓިވްވި

ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލް ނުވެ ޕޮޒިޓިވްވާ އަދަދު އިތުރުވާން ފަށައިފިއެވެ.

ކޮވިޑްގެ އެންމެފަހުގެ މައުލޫމާތުތަކަށް ބަލާއިރު، އިއްޔެ އެކަނިވެސް 276,367 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ. އަދި އިއްޔެ މި ބަލި ޖެހިގެން މަރުވެފައިވާކަމަށް ރިޕޯޓު ކޮށްފައިވަނީ 5,721 މީހުންނެވެ.

އިއްޔެ 3 ލައްކައާއި ގާތްކުރާ އަދަދަކަށް މީހުން ޕޮޒިޓިވް ވެފައިވާއިރު، މިހާތަނަށް ޖުމްލަ 31,777,987 މީހުން ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި މިބަލީގައި މިހާތަނަށް މުޅި ދުނިޔެއިން 23,394,845 މީހުން މި ބަލިން ރަނގަޅުވެފައި ވާކަމަށް ރިޕޯޓު ކޮށްފައިވާއިރު 975,471 މީހުން ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

ދުނިޔެއިން އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ އެމެރިކާގައި މިހާތަނަށް 7,097,937 މީހުން މި ބައްޔަށް ޕޮޒިޓިވް ވެގެން ވަނީ ރިޕޯޓު ކޮށްފައެވެ. އެގައުމުގައި 4,346,110 މީހުން ބަލިން ރަނގަޅުވެފައި ވާއިރު މަރުވެފައި ވަނީ 205,471 މީހުންނެވެ. އެގައުމުގައި އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ހުރީ 2,546,356 ކޭސް އެވެ. އިއްޔެ އެކަނިވެސް އެމެރިކާއިން 35,696 މީހަކު ވަނީ ޕޮޒިޓިވް ވެފައިވާކަމަށް ރިޕޯޓު ކޮށްފަވެއެވެ.

ދެން އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ އިންޑިޔާ އިންވެސް އިއްޔެ ވަނީ 80,391 މީހުން ޕޮޒިޓިވް ވެފައެވެ. އިއްޔެ އެންމެ ގިނަ މީހުން މަރުވެފައި ވަނީވެސް އިންޑިޔާ ގައެވެ. އެގޮތުން މި ބަލި ޖެހިގެން އިއްޔެ 1,056 މީހުން އެގައުމުން މަރުވެފައިވާއިރު ޖުމްލަ މިހާތަނަށް އެގައުމުން ވަނީ މިބަލި ޖެހިގެން 90,021  މީހުން މަރުވެފައެެވެ. އެގައުމުން ޖުމްލަ ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 5,640,496 އަރާފައިވާއިރު އެގައުމުން ރަނގަޅުވެފައި ވަނީ 4,581,820 މީހުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ