ޒުވާން ކައި ހަވާޓްޒްގެ ހެޓްރިކާއެކު ބާންސްލޭ އަތުން ޗެލްސީއަށް ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.
ކަރަބޯ ކަޕްގައި ރޭ ކުޅެވުނު މިމެޗު ޗެލްސީއިން ކާމިޔާބުކޮށްފައިވަނީ 6-0 ގެ ނަތީޖާއަކުންނެވެ.
ޗެލްސީއިން ކޮންޓްރޯލް ކުރި މިމެޗުގައި، ހަވާޓްޒް ތިން ލަނޑު ޖެހިއިރު ޗެލްސީގެ އަނެއް ތިން ލަނޑު ޖަހާފައިވަނީ އަބްރަހަމް އަދި ބާކްލޭގެ އިތުރުން ޖިރޫޑެވެ.
އުމުރުން 21 އަހަރުގެ ހަވާޓްޒް ޗެލްސީއާއި ގުޅުނީ މިމަހުގެ ކުރީކޮޅުއެވެ. ބަޔާ ލެވަކޫސަން ދޫކޮށް 71 މިލިއަން ޕައުންޑުގެ އެއްބަސްވުމެއްގެ ދަށުން ހަވާޓްޒް ޗެލްސީއާއި ގުޅުނީ 5 އަހަރު ދުވަހަށެވެ. ރޭ ހަވާޓްޒް ހެދި ހެޓްރިކަކީ ސީނިއާ ކެރިއަރުގައި އޭނާ ހެދި ފުރަތަމަ ހެޓްރިކެވެ.
⚽️ @TammyAbraham
⚽️⚽️⚽️ @KaiHavertz29
⚽️ @RBarkley8
⚽️ @_OlivierGiroud_We're through to the next round! #CHEBAR pic.twitter.com/j9wFXjGX7q
— Chelsea FC (@ChelseaFC) September 23, 2020
މެޗަށްފަހު ވާހަކަ ދައްކަމުން ހަވާޓްޒް ބުނީ، ހެޓްރިކް ހެދުމުން ވަރަށް އުފާވާކަމަށާއި، އަދިވެސް އިތުރު ލަނޑުތަކެއް ޗެލްސީއަށް ކާމިޔާބުކޮށްދޭން ބޭނުންވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ކުޅުން އިތުރަށް ރަނގަޅުކޮށް އެގޮތުގައި ޗެލްސީގައި ކުރިއަށްދާން ބޭނުންވާކަމަށްވެސް ހަވާޓްޒް ބުންޏެވެ.
މީގެއިތުރުން ކޯޗު ލަޕްޕާޑުވަނީ ހަވާޓްޒް ދެއްކި ކުޅުމާމެދު ފަޚުރުވެރިވާކަން މެޗަށްފަހު ހާމަކޮށްފައެވެ.



