ފޮޓޯ: ޕީޕީއެމް މީޑިއާ

ޤައުމު މިއޮތް ހާލަތުން އަރައިގަތުމަށް، ރައީސް ޔާމީން ފިޔަވާ ދެވަނަ ޝަހުސިއްޔަތެއްނެތް: ޑރ.ޝަހީމް

ރާއްޖެއަށް ކުރިމަތިވަމުން އަންނަ އިޖްތިމާއީ، އިގްތިސާދީ އަދި ދީނީ ގޮންޖެހުންތަކުން އަރައިގަތުމަށް، ދިވެހި ރާއްޖޭގެ ސިޔާސީ ވުޖޫދުން ރައީސް ޔާމީން ފިޔަވާ ދެވަނަ ޝަހުސިއްޔަތެއް ފެނިވަޑައިނުގަންނަވާކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރުގެ މަޤާމަށް މިއަދު އައްޔަން ކުރެއްވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ފުރަތަމަ ފަހަރަށް ދިވެހި ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޝަހީމް ޑރ. ޝަހީމް ވިދާޅުވީ، ޤައުމީ ހިދުމަތުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނީތީވެ އެކަމާއި އުފާވާ ކަމަށާއި، ނަމަވެސް ހިތާމަކުރަނީ، ރައީސް ޔާމީން އެ ތަނުގައި ވަޑައިގެން ނެތުމުންކަމަށެވެ.

ޝަހީމް ވިދާޅުވީ، ރާއްޖެއަށް އިޖްތިމާއީ، އިގްތިސާދީ އަދި ދީނީ ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަ ކަމަށާއި، އަދި މިކަންކަމުން އަރައިގަތުމަށް ހަރުދަނާ، ވަރުގަދަ ޝަޚްސިއްޔަތެއް ބޭނުންވާ ކަމަށެވެ. އަދި މިކަންކަމުން އަރައިގަތުމަކީ ރައީސް ޔާމީން ނޫން ބޭފުޅަކަށް ވާނެ ކަމެއްނޫންކަމަށް ޝަހީދު ވިދާޅުވިއެވެ.

ޝަހީމު ވިދާޅުވީ، ރައީސް ޔާމީނުގެ ގައުމަށް ކޮށްދެއްވާފައިވާ ހިދުމަތްތަކާއި، ހިންގަވާފައިވާ ބިޔަ މަޝްރޫއުތައް ދިވެހިރާއްޖޭގެ އުތުރާއި ދެކުނަށް ބަލާލިކަމުގައިވިޔަސް ފެނިގެންދާނެކަމަށެވެ.

މިއަދަކީ، މީގެ ދެއަހަރު ކުރިން ބޭއްވި ރަސްމިއްޔާތުގައި ބޮޑު ތަފާތަކުން ރައީސް އަބްދުﷲ ޔާމީން ބަލި ކުރައްވައި ކާމިޔާބު ހޯއްދެވި އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ) ރައީސްކަމަށް އިންތިހާބުވި ދުވަހެވެ. އެގޮތުން މިކަމާއި ގުޅުވައިގެން އަދުރޭ ވިދާޅުވީ، އެދުވަހަކީ ތާރީޙީ ދުވަހެއްކަމަށާއި، އަދި މިއަދު މި މަޤާމަށް ޑރ. ޝަހީމް އައްޔަންކުރެއްވުމަކީވެސް ތާރީޙީކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ