ފޮޓޯ: އެމްޑަބްލިޔުއެސްސީ

7000 ހައުސިންގ ޔުނިޓްގެ ނަރުދަމާގެ ކަނެކްޝަން އެޅުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއިން ފަށައިފި

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމް ކޮށްފައިވާ 3,000 ހައުސިންގ ޔުނިޓަށް ނަރުދަމާ ނިޒާމްގެ ކަނެކްޝަން އެޅުމުގެ ޢަމަލީ މަސައްކަތް އެމްޑަބްލިޔުއެސްސީ ފަށައިފިއެވެ.

މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގައި މިމަޝްރޫއު ފަށްޓަވައި ދެއްވީ މިކުންފުނީގެ ޗެއާޕާރސަން އަޙުމަދު މައުސޫމް އަދި މެނޭޖިން ޑިރެކްޓަރ ޙަސަން ޝާހު އެވެ.

އެމްޑަބްލިޔުއެސްސީއިން ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ދަށުން ޤާއިމްކޮށްފައިވާ 16 ޓަވަރަށް ޖުމްލަ 580 ކަނެކްޝަން ގުޅައިދެވިގެންދާނެ ކަމަށާއި އެމްޑަބްލިޔުއެސްސީއިން މިސަރަހައްދަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި 11,003 މީޓަރުގެ ނަރުދަމާގެ މައި ނެޓްވޯރކާއި، 283 މޭން ހޯލް އާއި 2 ޕަންޕިންގް ސްޓޭޝަން ޤާއިމް ކުރެވިގެންދާނެ ކަމަށެވެ.

މި މަސައްކަތް އަންނަ އަހަރުގެ ފެބުރުވަރީގެ ނިޔަލަށް ނިންމުމަށް ތާވަލް ކޮށްފައިވާ ކަމަށާއި މި މަސައްކަތް ނިމުމުން 1000 ހައުސިންގް ޔުނިޓްގައިވާ އެޕާޓްމެންޓްތަކަށް ނަރުދަމާގެ ޚިދުމަތް ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީއިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ