ނޫސްވެރިކަމުގެ އެވޯޑް ހަފްލާއެއްގެ ތެރެއިން - ފޮޓޯ: އަވަސް

ނޫސްވެރިކަމުގެ އިނާމަށް 80 ފަރާތަކުން ކުރިމަތި ލައިފި

މިއަހަރުގެ ނޫސްވެރިކަމުގެ އިނާމަށް 80 ފަރާތަކުން ކުރިމަތި ލައިފައިވާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އެކައުންސިލުން ބުނީ، އެ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމުގެ 11 ދާއިރާއަށް 80 ހުށަހެޅުން ލިބިފައިވާއިރު، އެދާއިރާތަކަށް ހުށަހެޅުންތައް ލިބިފައިވާ އަދަދުތައްވެސް މީޑިއާ ކައުންސިލުންވަނީ ހާމަކޮށްފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، އިނާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 10 ސެޕްޓެމްބަރުން 24 ސެޕްޓެމްބަރުގެ ނިޔަލަށެވެ. އަދި އިނާމު ޙައްޤުވާ ނޫސްވެރިން ހޮވުމަށްޓަކައި، މޯލްޑިވްސް މީޑިއާ ކައުންސިލުން ފަނޑިޔާރުންގެ ޕެނަލެއް ކަނޑައަޅަންވާނެކަމުގައި އުޞޫލުގައި ވަނީ ބުނެފައެވެ. މި ޕެނަލް އެކުލެވިފައި އޮންނަން ވާނީ ނޫސްވެރިކަމުގެ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ދިވެހިންނާއި ރާއްޖޭގެ މީޑިއާގައި މަސައްކަތްކޮށް މީޑިއާގެ ވެށި ރަނގަޅަށް ދަސްވެފައިވާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލަށް ޤަބޫލުކުރެވޭ ދިވެހިންގެ މައްޗަށްކަމުގައިވެސް އެ އުޞޫލުގައި ބުނެފައިވެއެވެ.

ނޫސްވެރިކަމުގެ އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ:

  • (ހ) ތަޙްޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)
  • (ށ) އިޖުތިމާއީ، ތާރީޚާއި ސަޤާފަތް، ފަންނުވެރިކަން
  • (ނ) ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްޤީ
  • (ރ) ސިޔާސީ
  • (ބ) ޝަރުއީ އަދި ޤާނޫނީ
  • (ޅ) ވިޔަފާރިއާއި އިޤުތިޞާދު
  • (ކ) ކުޅިވަރު
  • (އ) ފޮޓޯ ޖާރނަލިޒަމް
  • (ވ) ވީޑިއޯ ޖާރނަލިޒަމް
  • (މ) ފީޗަރ / ރިޕޯޓް
  • (ފ) އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު
މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ