ދެކޮޅަށް ކުޅެން ޖެހުނަސް މެސީއާއެކު އޮތް ރަޙުމަތެރިކަމަށް ބަދަލެއް ނާންނާނެ: ސުއަރޭޒް

ދެކޮޅަށް ކުޅެން ޖެހުނަސް ލިއޮނަލް މެސީ އަދި ލުއިޒް ސުއަރޭޒް އާދެމެދު އޮތް ރަޙްމަތްތެރިކަމަށް ބަދަލެއް ނާންނާނެކަމަށް ސުއަރޭޒް ބުނެފިއެވެ.

ސުއަރޭޒް އެތުލެޓިކޯ މެޑްރިޑާއި ގުޅުމަށްފަހު، ބާސެލޯނާއާއެކު ބޭއްވި އެންމެފަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސުއަރޭޒް ބުނީ، އޭނާ ބާސެލޯނާ ދޫކޮށް މިދަނީ ވަރަށް އުފަލުންކަމަށާއި، ބާސެލޯނާއާއެކު ހޭދަކުރި ދުވަސްތަކުގައި އެތަށް ބައިވަރު ރަޙްމަތްތެރިންނެއް ލިބިފައިވާކަމަށެވެ.

އަދީ ބާސެލޯނާއަށް އާދެވުމަކީ އަބަދުވެސް ދެކެމުންއައި ހުވަފެނެއް ޙަޤީޤަތަކަށްވުންކަމަށާއި، ބާސެލޯނާގައި މިވަރުގެ ކާމިޔާބީއެއް ލިބިދާނެކަމަށް އޭނާ އުންމީދުވެސް ނުކުރާކަމަށެވެ. އަދި ބާސެލޯނާގައި ހޭދަކުރި ހަ އަހަރަކީ ވަރަށް ހިތްހަމަޖެހޭ އުފާވެރި ދުވަސްތަކެއްކަމަށާއި ބާސެލޯނާ ދޫކޮށް މިދަނީ ވަރަށް ފަޚުރުވެރިކަމާއެކު ކަމަށްވެސް ސުއަރޭޒް ބުންޏެވެ.

ސުއަރޭޒް އަދި މެސީއާއި ދެމެދު އޮތް ރަޙްމަތްތެރިކަމަކީ އަބަދުވެސް މީޑިއާތަކަށް ފެންމަތިވަމުން އަންނަ މަޢުލޫއެކެވެ. އެގޮތުން އެރަޙްމަތްތެރިކަމާއި ބެހޭގޮތުން ސުވާލުކުރުމުން ސުއަރޭޒް ބުނީ، އެ ދެކުޅުންތެރިންނަކީ އެކަކު އަނެކަކު ވަރަށް ރަނގަޅަށް ދަންނަ ދެކުޅުންތެރިންކަމަށާއި، ދެކޮޅަށް ކުޅެން ޖެހުނަސް މެސީއާއެކު އޮތް ރަޙުމަތެރިކަމަށް ބަދަލެއް ނާންނާނެކަމަށެވެ.

މީގެ އިތުރުން ސްޕެއިންގެ އެތުލެޓިކޯއަށް ބަދަލުވި ސަބަބު ހާމަކުރަމުން ސުއަރޭޒް ބުނީ، ބާސެލޯނާއިން އޭނާ ވިއްކާލަން ބޭނުންވާކަން އިޢުލާންކުރުމާއެކު ބައިވަރު ހުށަހެޅުންތައް ލިބުނުކަމަށާއި، ނަމަވެސް އެތުލެޓިކޯ މެޑްރިޑް ޚިޔާރުކުރީ ބާސެލޯނާއާއި ރެއަލްމެޑްރީޑާއި ދެކޮޅަށް ކުޅެން ބޭނުންވާތީކަމަށެވެ.

އުމުރުން 33 އަހަރުގެ ސުއަރޭޒާ އެކު ބާސެލޯނާ އިން ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަހަރެއް އޮތްވާ ސުއަރޭޒް ވިއްކާލަން ނިންމީ އަލަށް ޙަވާލުވި ކޯޗުގެ ޕްލޭންގައި ސުއަރޭޒް ނުހިމެނޭތީއެވެ. އެގޮތުން އެތުލެޓިކޯ މެޑްރިޑާއި ސުއަރޭޒް ގުޅުނީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ