ބަނޑުބޮޑު އަންހެނަކު އޭނާގެ ފިރިމީހާއަށް މިޔަރެއް ހަމަލާދިނުމުން ސަލާމަތްކޮށްފި

ފްރޮރިޑާގައި ބަނޑުބޮޑު އަންހެނަކު އޭނާގެ ފިރިމީހާއަށް މިޔަރެއް ހަމަލާދިނުމުން މޫދަށް ފުންމާލާ ސަލާމަތްކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ، އުމުރުން 30 އަހަރުގެ އްންޑްރިއު ޗާލްސް އެޑީ އުޅުނީ ސޮމްބްރެރޯ ރީފްގައި ފީނަން ކަމަށާއި މޫދަށް ފޭބުމާއި އެކު މިޔަރު ހަމަލާ ދީފައިވާކަމަށެވެ.

އޭނާގެ އަންހެނުން، މާގޮޓް ޑޫކްސް އެޑީ އަށް މިޔަރާއި ފިރިމީހާގެ ލޭ ފުނުމާއި އެކު އެއްވެސް ޖެހިލުމެއް ނެތި ސަލާމަތް ކުރަން މޫދަށް ފުންމާލިކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

މި މީހާ ވަގުތުން ވައިގެ މަގުން މިއާމީ ގައި ހުންނަ ޓްރާމާ ސެންޓަރަކަށް ގެންގޮސް ކޮނޑަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާދެވުނެވެ. އަދި އޭނާ ގެންދިޔައިރު އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

ޖޯޖިއާ އަށް ނިސްބަތްވާ މި ދެމީހުން ފްލްރިޑާގައި ތިބީ އައިލާ އާއި އެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. އެޑީ މޫދަށް ފުންމާލި އިރުވެސް އެ ގްރޫޕްގެ އިތުރު އެހެން މީހުންވެސް ފީނަން އުޅެއެވެ.

 

އެ ސަރަހައްދުގައި ފީނަން އުޅުނު ބައެއް މީހުންނަށް ބުލް ޝާކް އަކާއި ވައްތަރު 10 ފޫޓުގެ މިޔަރެއް ފެނިފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

ފްލޮރިޑާ އަކީ ދުނިޔެއިން އެންމެ ގިނައިން މިޔަރު ހަމަލާދޭ އެއް ގައުމެވެ. އެގޮތިން މިދިޔަ އަހަރު 21 މީހަކު ވަނީ މިޔަރުގެ ހަމަލާތައް ރިޕޯޓް ކޮށްފައެވެ. ނަމަވެސް މިޔަރު އިންސާނުންނަށް ހަމަލާދެނީ ވަރަށް މަދުންނެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ރައްޔިތުމީހާ

    ކަލޯ އަންހެންމީހާ ބަނޑުބޮޑީ ކައިގެންތޯ؟ ނޫނީ ފަލަކަމުން ބަނޑުބޮޑީތޯ؟

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ