ޕީޕީއެމް މެމްބަރުންގެ އަދަދު މައްޗަށް ދިޔައިރު އެމްޑީޕީ މެމްބަރުންގެ އަދަދު ދަށަށް

އިދިކޮޅު ޕީޕީއެމް ގެ މެމްބަރުގެ އަދަދު މައްޗަށް ދިޔައިރު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރުގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީ ތަކުން ހުށައަޅާފައިވާ މެމްބަރޝިޕް ފޯމްތައް ޕްރޮސެސް ކުރުމަށްފަހު ސިޔާސީ ޕާޓީ ތަކުގެ ދަފްތަރު އަދާހަކޮށްފައިވާ ތަފްސީލް އިލެކްޝަންސް ކޮމިޝަނުން ވަނީ ރޭ ހާމަކޮޮށްފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ މެމްބަރުގެ އަދަދަކީ 52،952 މެމްބަރުންނެވެ. އެމްޑީޕީ އަކީ ރާށއްޖޭގައި އެންމެ މެންބަރުނެ ގިނަ ޕާޓީ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހާއި ހަމައަށް އެ ޕާޓީގައި 53،590 މެމްބަރުން ހުއްޓެވެ. އެހެންކަމުން ފާއިތުވެދިޔަ އަހަރުގެި 638 މީހުން ވަނީ އެޕާޓީ އިން ވަކިވެފައެވެ.

އިދިކޮޅު ޕީޕީއެމްގައި 37،144 އަށް މެންބަރުންގެ އަދަދު އިތުރުވެފައިވާއިރު ފާއިތުވެ ދިޔަ އަހަރ އެ ޕާޓީގައި ހުރީ 36،801 މެމްބަރުންނެވެ. އެހެންކަމުން އެ ޕާޓީއަށް ފާއިތުވެ ދިޔަ އަހަރު 343 މެމްބަރުން އިތުރުވެފައި ވެއެވެ.

މެމްބަރުން އެންމެ ގިނަ ޕާޓީއެއްގެ ގޮތުގައި 52،952 މެމްބަރުންނާއި އެކު އެމްޑީޕީ ވެފައިވާއިރު 2 ވަނައިގައި އުޅެނީ 37،144 މެމްބަރުނާއި އެކު ޕީޕީއެމްއެވެ. 3 ވަނައިގައި 13،825 މެމްބަރުންނާއި އެކު ޖޭޕީ އޮތް އިރު ދެން އުޅެނީ 8،178 މެމްބަރުންނާއި އެކު އެމްޑީއޭ އެވެ.

ޑީއާރްޕީގައި 2،902 މެމްބަރުން ތިބިއިތު އަދާލަތު ޕާޓީގައި ތިބީ 6،640 މެމްބަރުންނެވެ. އަދި މޯލްޑިވްސް ރިފޯމް މޫވްމެންޓްގައި 3،023 މެމްބަރުންނާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގައި 2،881 މެމްބަރުންނާއި މޯލްޑިވްސް ތާރޑްވޭ ޑިމަކްރެޓިކްސް ގައި3،171 މެމްބަރުން އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގައި 4،004 މެމްބަރުން އެބަހުއްޓެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ