މަޖިލިސް ރައީސަކަށް ނަޝިދުގެ ނަންފުޅު ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ނަންފުޅު ހުށަހަޅައިފިއެވެ.

މަޖިލީހުގެ ރައީސަކަށް ނަޝީދުގެ ނަންފުޅު އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ ބައްދަލުވުމަށް ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ.

އަސްލަމްގެ ހުށަހެޅުމަށް މަޖިލީހުގެ ރައީސް ކަމަށް ވާދަކުރައްވާ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފުވެސް ވަނީ ތާއީދުކުރައްވާފައެވެ.

އަފީފް އަދި އަސްލަމްވެސް ރައީސް ނަޝީދުގެ ކިބައިން "އާދޭހާއެކު" އެދިވަޑައިގެންނެވީ ޕާޓީގެ މަސްލަހަތަށްޓަކައި އެ ހުށަހެޅުން ޤަބޫލުފުޅު ކުރެއްވުމަށެވެ.

ނަޝީދު ވަނީ އެ ހުށަހެޅުއްވުން ދާދި ދެންމެ ޤަބޫލުކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ