ކޮޗިން ފެރީ އިވެންޓަށް މާލެއިން ކުޅުދުއްފުއްޓަށް އައި ފަރާތްތަށް ކަރަންޓީންނުވާތީ ކަންބޮޑުވެއްޖެ

ކޮޗިން ފެރީގެ އިވެންޓަށް މާލެއިން ކުޅުދުއްފުއްޓަށް އައި ފަރާތްތަކުން ކަރަންޓީންވެފައިނުވާތީ ކުޅުދުއްފުށީ ރައްޔިތުންގެ ގިނަބަޔަކު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހދ. ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިން އާ ދެމެދު ކާގޯ ދަތުރުތައް ފަށައިފައިވާއިރު، ފުރަތަމަ ކޮޗިން ފެރީ ކުޅުދުއްފުށީ ބަނދަރަށް މާދަމާގެ ވަގުތެއްގައި ވަންނާނެއެވެ. މި ދަތުރުގައިވެސް 500 ޓަނަށްވުރެ ގިނަ މުދާ ގެންނާނެކަމަށް މޯލްޑިވްސް ޝިޕިންގ ލައިންއިން ވަނީ ވިދާޅުވެފައެވެ. އަދި މިކަމަކު އެ ރަސްމިއްޔާތު މާދަމާ އޮންނައިރު، މިއިވެންޓަށް މާލޭއިން ކަމާގުޅުން ހުރި މުވައްސަސާތަކުގެ ގިނަ ބަޔަކު ކުޅުދުއްފުއްޓަށް އައިސްފައިވެއެވެ. އަދި ދައުލަތުގެ މީޑިއާގެ 3 ރިޕޯޓަރަކާއި އަދި އެހެން މީޑިއާ އެއްގެ ރިޕޯޓަރުކުވެސް މި އިވެންޓް ގެނެސްދިނުމަށްޓަކައި ވަނީ ކުޅުދުއްފުއްޓަށް އައިސްފައިއެވެ.

މިނޫހަށް މައުލޫމަތު ލިބިފައިވާ ގޮތުގައި މިއިވެންޓަށް މާލެއިން ކުޅުދުއްފުއްޓަށް އައިސްފައިވާ ބައެއް ފަރާތަކުން އާންމުގެ ތެރެއަށް ނުކުމެ އުޅުމާއި، އިންޓަވިރު ނެގުމާއި، މިނޫންވެސް ކަންކަމުގައި ރަށުގެ ތެރޭގައި ދަނީ ހަރަކާތްތެރިވަމުންނެވެ. މިހެން ކަމުން ކުޅުދުއްފުށީގެ ގިނަ ރައްޔިތުން ދަނީ މިކަމާ ނުހަނު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކުޅުދުއްފުށީގައި ޕީޕީއެމްގައި އިސްކޮށް އުޅުއްވައި އަބުދުއްރަހުމާން އިސްމާއިލް އޮންލައިން ނޫސް "ކުޅުދުއްފުށި އޮންލައިންް" އަށް ވިދާޅުވީ، މާލެއިން އަންނަ ހުރިހާ ރައްޔިތުންނެއްވެސް ކަރަންޓީންވެ އެޗްޕީއޭގެ އުސޫލުތަކަށް ތަބާވަމުންދަނިކޮށް، ހާއްސަ ހުއްދައެއްގެ ދަށުން ކަމަށްބުނެ މާލެއިން ކުޅުދުއްފުއްޓަށް އައިސް ކަރަންޓީންނުވެ ރަށުތެރޭގައި ނުކުމެ އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ، ފެރީގެ އިންތިޒާމުތަކަށް ގުޅުން ހުރި މުވައްސަސާތަކާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް އަދި ރާއްޖެޓީވީގެ ނޫސްވެރިން، ސީދާ މާލެއިން ކުޅުދުއްފުއްޓަށް އައިސްފައިވާ ކަމަށެވެ. އެ މީހުން ކަރަންޓީންވެފައިނުވާއިރު އާންމުތަންނަށާއި ގެތަކަށް ވަދެ އުޅުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވާކަމެއް ކަމަށާއި މިކަމަކީ ކޮވިޑް-19 ކުޅުދުއްފުށީގައި ފެތުރިދާނެ ކަމެއް ކަމަށެވެ.

"އެޗްޕީއޭއިން ހާއްސަ ހުއްދައެއް ނުދެވޭނެ. މިއީ ހުއްދަދެވޭނެ ކަންތައްތަކެއް ނޫން. މިރަށަކީ ﷲ ގެ ރަހުމަތުން ކޮވިޑް އޮތް ރަށެއް ނޫން. މި މީހުން މިތަނަށް އައިސް އާންމުގެ ތެރޭގައި ކަރަންޓީންނުވެ ހޮޓާތަކަށާއި ރެސްޓޯރެންޓްތަކަށް ދެވެންވީ." އަދުރޭ "ކޭއޯ" އަށް ވިދާޅުވިއެވެ.

3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ މި ކާގޯ ފެރީއަކީ މިހާތަނަށް ކުޅުދުއްފުއްޓަށް ބަނދަރުކުރާ އެންމެ ބޮޑު ބޯޓެވެ. މިދަތުރުގައި ސިމެންތިއާއި، ކާބޯތަކެއްޗާއި އާއްމުކޮށް ބޭނުންކުރާ ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރ ގެންނަކަމަށް މި ކާގޯ ފެރީ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވާ ރާއްޖޭގެ އެޖެންޓް މޯލްޑިވްސް ސްޓޭޓް ޝިޕިންގގެ ޖެނެރަލް މެނޭޖަރ ކެޕްޓަން މުޙައްމަދު ނާޒިމް ވިދާޅުވެފައި ވެއެވެ.

މި ދަތުރުގައި ކޮންޓެއިނަރތައް މަދުވުމުން ފެރީއިން ކުޅުދުއްފުއްޓަށް މުދާ ބާލަމުންދާނީ މުދާ އުފުލާ ބޮޑެތި ދޯނިފަހަރު ބޭނުންކޮށްގެނެވެ.

ކުޅުދުއްފުއްޓައި މާލެ އަދި ކޮޗިން އާއި ދެމެދު ފެރީ ދަތުރުތައް ބާއްވަން ނިންމައި އެކަމުގެ ރަސްމީ ވާހަކަތައް ދެކެވުނީ 2019 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.

ކޮޗިން ފެރީ އިވެންޓަށް މާލެއިން ކުޅުދުއްފުއްޓަށް އައި ފަރާތްތަށް ކަރަންޓީންނުވާތީ ކަންބޮޑުވެއްޖެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. އެޗްޕީއޭ

    ކަލޭމެނައްނޭގޭދޯ އެޗްޕީއޭ އިން ހުއްދަދިނީމަ އެބަޔަކައް ކޮވިޑް ޏުޖެހޭކަމެެއް؟

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ