1 ބިލިއަން ކޮވިޑް-19 ވެކްސިން އުފައްދަން ޗައިނާއިން ތައްޔާރުވަނީ

ޗައިނާގެ ސިއްހީ އިދާރާގެ އޮސިޝަލުން ހުކުރު ދުވަހު ބުނެފައި ވަނީ، އަލަށް ގާއިމްކުރާ ފެކްޓްރީތައް ހެދުމުން އެ ގައުމުން މި އަންނަ އަހަރު ކޮވިޑް-19 ވެކްސިންގެ 1 ބިލިއަން ޑޯޒް އުފެއްދޭނެ ކަމަށެވެ.

މިއަހަރުގެ ނިމުމުގެ ކުރިން ކޮވިޑް-19 ވެކްސިންގެ 610 މިލިއަން ޑޯޒް އުފެއްދޭނެ ކަމަށް ނޭޝަނަލް ހެލްތް ކޮމިޝަންގެ ޒެންގް ޒޮންގްވީ ބުނެފައި ވެއެވެ.

"މިއަންނަ އަހަރު ކޮވިޑް-19 ގެ ވެކްސިން އުފައްދާ މިންވަރު 1 ބިލިއަން ޑޯޒް އަށްވުރެ ގިނަ ވާނެ" ނިއުސް ކޮންފަރެންސް އެއްގައި އޭނާ ބުނެފައި ވެއެވެ.

އެމެރިކާގެ ފައިޒާ އާއި މޮޑާރނާ އިން ވެސް ވަނީ 2021 ވަނަ އަހަރު ކޮވިޑް-19 ވެކްސިންގެ 1 ބިލިއަން ޑޯޒް އުފައްދަން ތައްޔާރު ވެފައެވެ.

ޒެންގް ބުނެފައިވަނީ، ވެކްސިން ފޯރުކޮށްދިނުމުގައި ސިއްހީ ހިދުމަތްތެރިންނާއި ބޯޑަރު ބަލަހައްޓާ މީހުންނާއި އަދި މުސްކުޅިންނަށް އިސްކަން ދޭނެ ކަމަށެވެ. ޗައިނާގައި 11 ކޮވިޑް-19 ވެކްސިން އުފައްދާއިރު މިތަނުން 4 ވެކްސިންއެއްގެ 3 ވަނަ މަރްހަލާގެ ޓެސްޓތައް މިހާރު ކުރިއަށް ގެންދަމުން ދެއެވެ.

އެގޮތުން ފާހަގަ ކޮށްލެވޭ އެއް ވެކްސިން އަކީ އަމިއްލް ކުންފުންޏެއް ކަމަށްވާ ސިނޮވެކް އިން ތައްޔާރުކުރާ "ކޮރޯނާވެކް" އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ