މިއަދު ހެނދުނުން ފެށިގެން އައްޑޫގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައި

އައްޑޫ ސިޓީގެ ބޮޑު ސަރަހައްދެއްގައި ކަރަންޓު ނެތި ހަތަރު ގަޑިއިރަށް ވުރެ ގިނަ އިރުވެއްޖެއެވެ.

މިއަދު ހެނދުނު 9:30 އިން އައްޑޫން ކަރަންޓު ކެނޑުނުއިރު މެންދުރު 12:00 ހާއިރު ބައެއް ހިސާބުތަކަށް ވަނީ އަލުން ކަރަންޓު ލިބިފައެވެ. ނަމަވެސް ފަހުން އެ ހިސާބުތަކުން ވެސް ވަނީ އަލުން ކަރަންޓު ކެނޑިފައެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ވިދާޅުވީ، އައްޑޫ ސިޓީގެ ފެނަކަ ކަސްޓަމަރ ސާރވިސް އޮފީހުގެ ގޯތިތެރޭގައި އިން ސްވިޗް ގިއަރ އަށް ދިމާވި މައްސަލައަކާއި ގުޅިގެން އައްޑޫގެ ބައެއް ސަރަހައްދުތަކުންވާނީ ކަރަންޓްގެ ހިދުމަތް މެދުކެނޑިފައި ކަމަށެވެ. އަދި މިމައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިމަސައްކަތް ނިންމާލުމަށް 2 ގަޑިއިރެއް ހާއިރު ނަގާނެ ކަމަށްވެސް ފެނަކައިން ވިދާޅުވިއެވެ.

އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ފެނަކަ އިން މަސައްކަތް ކުރަމުން އަންނައިރު، ދޭތެރެ ދޭތެރެއިން އައްޑޫއިން ކަރަންޓު ކެނޑުމުގެ މައްސަލަ އަންނަނީ ކުރިމަތިވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ