ކޮވިޑް 19: ހޮސްޕިޓަލުގައި އޮވެ ޤުރުއާން ކިޔަވަމުން ދިޔަ ކުޑަކުއްޖެއްގެ ވީޑިއޯ ފެނި އެތައް ބަޔަކު ރޮއްވާލައިފި!

ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުން ދިޔަ ކުޑަ ފިރިހެން ކުއްޖަކު ހޮސްޕިޓަލުގެ އެދުމަތީއޮވެ ޤުރުއާން ކިޔަވަމުންދާ ވީޑިއޯއެއް ފެނި އެތައް ބަޔަކު ރޮއްވާލައިފިއެވެ.

އާންމުވެފައި މިވާ ވީޑިއޯ އިން ފެންނަގޮތުގައި މި ކުއްޖާ އޮތީ ވަރަށް ވޭނުގައެވެ. ކާން ދިނުމައްޓަކައި ނޭފަތަށް ހޮޅިގުޅާފައި އޮތްއިރު ބޭސް ދިނުމަށްޓަކައި އަތަށް ވަނީ ކެނިއުލާވެސް ގުޅާފައެވެ. އެހެން ނަމަވެސް މިހާލުގައިވެސް މި ކުއްޖާ ދިއައީ ޤުރުއާން ކިޔަވަމުންނެވެ.

އިންޑޮނޭޝިއާ އަށް އުފަން އިބްރާހިމް ނަމަކަށް ކިޔާ މި ކުޑަ ކުއްޖާގެ ހިތްވަރުގަދަކަން ފެނި އެތައް ބަޔަކުވަނީ ހައިރާން ކޮށްލާފައެވެ. ހޮސްޕިޓަލުގެ އެނދުމަތީ އޮތްނަމަވެސް މި ކުއްޖާ ވަނީ އޭނާގެ ހިތްވަރު ދައްކުވައިދީފައެވެ. ބަލި އެނދުގައި އޮއްނަން ޖެހުނުނަމަވެސް އޭނާ އުންމީދު ކަނޑާ ނުލާކަން މި ވީޑިއޯކޮޅުން ވަރަށް ރަނގަޅަށް އެނގިގެން ދެއެވެ. އޭގެ އިތުރުން މި ވީޑިއޯ ކޮޅުން ހާމަވެގެން ދިޔައީ އިބްރާހިމްގެ ހިތުގައި ޤުރުއާނަށް އޮތް ލޯތްބެއްގެ ބޮޑުކަމެވެ.

Covid Patient Ibrahim from Indonesia is reciting Quran on hospital bed??? May Allah grant him Quick Recovery ?

Posted by Islam on Friday, 25 September 2020

ފޭސްބުކް ގައި އާންމުވެގެން ދިޔަ މި ވީޑިއޯ އަށްފަހު ގިނަބަޔަކު ދަނީ އިބްރާހިމް ގެ ހިތްވަރުގަދަކަން ފާހަގަކޮށް ތައުރީފް ކުރަމުންނެވެ. އަދި އޭނާއަަށް ކެއްތެރިކަން ދެއްވާ އަވަސް ޝިފާއެއް މިންވަރުކޮށް ދެއްވުމަށް އެދި ގިނަބަޔަކުވަނީ ދުއާވެސް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
2153281
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ