ދަންޖެހިގެން މަރުވެފައި ހުއްޓާފެނުނި ބޮލީވުޑްގެ އެކްޓަރު ސުޝާންތް ސިންހް ރާޖްޕުތްގެ މަރުގެ ތަހުގީގާއި ގުޅިގެން އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯތީ ފެންމަތިކުރި ޑްރަގް ކޭސްގެ މައްސަލަައިގައި ބޮލީވުޑުގެ މަޝްޙޫރު ބައެއް އަންހެން ތަރިންނާ ސުވާލުކޮށްފި އެވެ.
އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން މިމައްސަލަ ބަލަން ފަށާފައިވަނީ މިދިޔަ މަހުން ފެށިގެންނެވެ. ރިޕޯރޓްތައް ބުނާގޮތުން އެންސީބީއިން މިމައްސަލަ ތަޙުޤީޤުކުރަން ފަށާފައިވާ މައިގަނޑު މަޤްޞަދަކީ އިންޑިއާގެ ޑްރަގު އިންޑަސްޓްރީއާއި ބޮލީވުޑާއި އެއްވެސް ގުޅުމެއް ވޭތޯ ބެލުމެވެ.
އެގޮތުން މުމްބާއީގެ ބެލާޑް އެސްޓޭޓުގައި ހުންނަ އެންސީބީގެ އެޖެންސީގެ ޒޯނަލް އޮފީހަށް ޙާޟިރުކޮށްފައިވާ ބޮލީވުޑްގެ މަޝްޙޫރު އަންހެންތަރިންގެ ތެރޭގައި ދީޕިކާ ޕަޑުކޯން އާއި ޝްރަދާ ކަޕޫރުގެ އިތުރުން ސާރާ ޢަލީ ޚާންވެސް ފާހަގަކޮށްލެވެއެވެ.

ޑްރަގް މައްސަލައާއި ގުޅިގެން ރިއާ ޗަކްރަބޯތީއާއި ކުރެވުނު ސުވާލުތަކުގެ ތެރެއިން ސާރާ ޢަލީ ޚާނާއި ސިމޯން ކަމްބާޓާއާއި، ރަކޫލް ޕަޓޭލް ސިންގ ވެސް ޑްރަގުގެ ބޭނުންކުރާކަމުގައި ތުޙުމަތު އޭނާވަނީ ކޮށްފައެވެ. އަދި ދީޕިކާގެ ނަން މި ލިސްޓަށް އައިސްފައިވަނީ ލީކްވި ވަޓްއެސްޕް މެސެޖްތަކާއި ގުޅިގެންކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.
ސުޝާންތްގެ މަރާއި ގުޅިގެން އުމުރުން 28 އަހަރުގެ އޭނާގެ ލޯބިވެރިޔާ ރިއާ ހައްޔަރު ކުރިިއިރު، އޭނާ މަސްތުވާތަކެތި ބޭނުން ކުރި ކަމާއި، އޭނާ މަސްތުވާތަކެތި ސުޝްންތްއަށް ފޯރުކޮށްދިން ކަމަށް ވަނީ އެއްބަސްވެފައެވެ.
ސުޝާންތު އިންޑިއާގެ މުމްބާއީގައި އޭނާ ދިރިއުޅެމުންދާ ފްލެޓްގައި ދަންޖެހި މަރުވެފައި ހުއްޓާ ފެނިފައިވަނީ މިއަހަރުގެ ޖޫން 14 ގައެވެ. ސުޝާންތުގެ މަރާއި ގުޅިގެން ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި ޕްރޮޑިއުސަރުން އަދި ޑައިރެކްޓަރުންނާއި ދެކޮޅަށްވެސް ތުހުމަތުތަކެއް ކުރެވި ފުލުހަށް ހާޒިރުކުރެވިފައިވެއެވެ. މީގެ ތެރޭގައި ސަލްމާން ޙާން، ކަރަން ޖޯހަރު އަދި ސަންޖޭ ލީލާ ބަންސާލީ ހިމެނެއެވެ.
އުމުރުން 34 އަހަރުގެ ސުޝާންތު މަރުވިއިރު، އޭނާ އައީ ޑިޕްރެޝަނަށް ބޭސްކަމުންނެވެ. އަދި މިމައްސަލާގައި ފުލުހުން ބުނެފައިވަނީ އޭނާ މަރުވެފައިވަނީ އަމިއްލައަށް ކަމަށެވެ.



