ކޮޗިން ފެރީ އާއެކު ދެގައުމުގެ އެކުވެރިކަން އިތުރަށް ބަދަހިވާނެ: ރައީސް

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުއްޓާއި އިންޑިއާ ގުޅުވާލަދިން ކާގޯ ފެރީގެ ދަތުުރުތަކާއެކު ދެ ގައުމުގެ އެކުވެރިކަން އިތުރަށް ބަދަހިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކާގޯ ފެރީގެ ފުރަތަމަ ދަތުރާ ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓްވީޓުގައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި އެ ގައުމުގެ ސަރުކާރަށް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އެމަނިކުފާނު ވިދާޅުވީ، މި ދަތުރުތަކާއެކު ރާއްޖެެ-އިންޑިއާގެ އެކުވެރިކަން އިތުރަށް ބަދަހިވެ ގައުމަށް އިތުރު ކުރިއެރުން އަންނާނެ ކަމަށެވެ.

3000 މެޓްރިކް ޓަނުގެ މުދާ އުފުލޭ މި ކާގޯ ފެރީއަކީ މިހާތަނަށް ކުޅުދުއްފުއްޓަށް ބަނދަރުކުރާ އެންމެ ބޮޑު ބޯޓެވެ. މިދަތުރުގައި ސިމެންތިއާއި، ކާބޯތަކެއްޗާއި އާއްމުކޮށް ބޭނުންކުރާ ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރ ގެނެސްފައިވެއެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ހިދުމަތް ފަށަން އެއްބަސްވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖުލައި 2019 ގައި ރާއްޖެއަށް ކުރެއްދި ދަތުރުފުޅުގަ އެވެ. އެ އެމްއޯޔޫގައި އެއްބަސްވެފައި ވަނީ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީގެ ނިޒާމެއް ގާއިމް ކުރަން މަަސައްކަތް ކުރުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ