ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު ޔުނިޓްގެ ހިދުމަތް މެދުކަނޑާލައިފިއެވެ.
ޕަބްލިކް ހެލްތު ޔުނިޓްގެ ހިދުމަތް މެދުކަނޑާލައިފި މިވަނީ ކޮވިޑް-19 ކޭސްތަކެއް ކުޅުދުއްފުށިން ފެނުމާއި ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނިކޮށެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން މައުލޫމާތުދިން ގޮތުގައި ޕަބްލިކް ހެލްތު ޔުނިޓްގެ ޚިދުމަތްތައް މެދުކަނޑާލާފައި މިވަނީ ކުޅުދުއްފުށި މޮނީޓަރިންގައިވާ މުއްދަތުގައެވެ.
ކުޅުދުއްފުށިން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވަނީ އެރަށުން މާލެ ދަތުރުކުރާ ބޯޓެއްގެ ކެޕްޓަނާއި އެބޯޓްގެ އިތުރު ދެ ފަޅުވެރިޔެކެވެ.
އިތުބާރުހުރި މަސްދަރަކުން މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ކުޅުދުއްފުށީ ބޯޓުގެ ކެޕްޓަން ކޭސްއާއި ގުޅިގެން ނެގި މިހާތަނަށް 11 ސާމްޕަލްއެއްވަނީ ނަގާފައެވެ. އަދި އެ ހުރިހާ ސާމްޕަލްތަކެއްގެ ނަތީޖާވެސް މިހާރު ލިބިފައިވާއިރު ޕޮޒިޓިވްވެފައިވަނީ ދެމީހުންނެވެ.
އެއީ އުމުރުން 23 އަހަރާއި 54 އަހަރުގެ ދެފިރެހެނުންނެވެ.
މޮނިޓަރިންގެ ހާލަތަށް ލާފައިިވުމުން ކުޅުދުއްފުށީގައި މިވަގުތު ތިބި އެއްވެސް ފަރާތަކަށް އެޗްޕީއޭއިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި ހުއްދަނެތި އެއްވެސް މީހަކަށް ރަށަށް އެރުންވެސްވަނީ މަނާކޮށްފައެވެ.
ނިމިދިޔަ އޮގަސްޓް މަހުގެ ތެރޭގައިވެސް ކުޅުދުއްފުށި ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެފަހަރު ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކުޅުދުއްފުށިން އިތުރު ފަރުވާއަށް މާލެ ފޮނުވި ކުއްޖެއް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
މިކޭސްތަކުގެ އިތުރުން ކުޅުދުއްފުށީ ހޯމް ކަރަންޓީނުގައި ހުރި ކުޑަ އަންހެން ކުއްޖަކުވެސްވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން ފަސް އަހަރުގެ މި ކުއްޖާ ކޮވިޑަށް ޕޮޒިޓިވްކަން އެނގިފައިވަނީ، ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށް ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ނެގި ސާމްޕަލްއިންނެވެ. މި ކުއްޖާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާކަމަށްވެސް މިނޫހަށް ވަނީ މަޢުލޫމާތު ލިބިފައެވެ.




