ރޮޒެއިނާ އާދަމް - ފޮޓޯ: ޕިންޓްރެސްޓް

އަންހެނުންނަކީ ނިކަމެތިބައެއްކަން ދޭހަވާގޮތަށް ބަސްބުނުން ހުއްޓާލާ: ރޮޒެއިނާ

ކޮންމެކަމަކާއި ގުޅުވާފައި އަންހެނުން ނިކަމެތިކޮށްލާ، ގޮތްހުސްވެފައި ތިބި ބައެއްކަމަށް ދޭހަވާގޮތަށް ބަސްބުނުން ހުއްޓާލުމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ގޮވާލައިފިއެވެ. ރޮޒޭނާ މިހެން ވިދާޅުވެފައިމިވަނީ، އިދިކޮޅު ޕާޓީ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ދައްކަވާފައިވާ ވާހަކައަކަށް ރައްދުދެއްވަމުންނެވެ.

އިދޮކޮޅު ކޯލިޝަނުން އިއްޔެ ހަވީރު ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވެފައިވަނީ، އިއްޔެ ރާއްޖެއައީ ބޮޑު އާގުބޯޓެއް ކަމަށާއި މާދަން ދިވެހި ކަނބަލުން ކައިރިއަށް އަންނާނީ މަތިމަސްލީ މީހުންކަމަށެވެ.

"މިއަދު އައިސްދާނެ ބޮޑު މާސިންގާ އާގުބޯޓެއް، މާދަމާ އެއާ ގުޅުވައިގެން އަންނާނީ އެކިޔާ އެއާރ ބަބްލްއިން އަންނާނީ ތި އަންހެން ކަނބަލުން ކައިރިއަށް މަތިމަސްލީމީހުން" ޝުޖާއިގެ ވާހަކައިގައި ވިދާޅުވެފައިވެއެވެ.

މި ވާހަކައަށް ރައްދުދީ ރޮޒެއިނާ ކޮށްފައިވާ ޓިވާޓެއްގައި ވިދާޅުވީ، ދިވެހި އަންހެނުންނަށް ނިސްބަތްކޮށް މިފަދ އެއްޗެހި ވިދާޅުވުމަކީ ވަރަށް ދެރަ ކަމެއްކަމަށެވެ.

"ސިޔާސީ ރައްދު ދޭއިރު، އަންހެނުންނަށް އަމާޒުތިކުރައްވަނީ ކޮންބޭނުމެއްގައިތޯ؟" ރޮޒެއިނާގެ ޓްވީޓުގައި ވިދާޅުވިއެވެ.

އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ފަށާ ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި 500 ޓަނަށް ވުރެ ގިނަ މުދާ ބަރުކޮށްގެން އައި ބޯޓު ހދ. ކުޅުދުއްފުށީގައި އިއްޔެ ހެނދުނު ވަނީ ބަނދަރުކޮށްފައެވެ. މިކަމާއި ގުޅުވައިގެން ޝުޖާއުވަނީީ މި ފެރީން ރަން ލިބޭނެކަމަށް އުންމީދު ނުކުރުމަށް ގޮވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ