މާލެ އަތޮޅުގައި އެންދަމަން އުޅުނު ނ. މާޅެންދޫ ދޯންޏެއްގެ މަސްވެރިއަކު ނިޔާވެއްޖެއެވެ.
"ފެށުން" އަށް މައުލޫމާތު ދެއްވަމުން މާޅެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާހް މޫސާ ވިދާޅުވީ، އެން ހިފަން ފައިބައިގެން އުޅެނިކޮށް ނިޔާވެފައި ވަނީ އުމުރުން 56 އަހަރުގެ އަބްދުއް ރަޝީދު އަބްދުލްޣަފޫރު ނަމަކަށް ކިޔާ މީހެއް ކަމަށެވެ.
މުހައްމަދު ޝާހް މޫސާ ވިދާޅުވީ، މި މީހާ ނިޔާވެފައި ވަނީ އެން ދަމަން މޫދަށް ފައިބައި އުޅުމުގެ ތެރޭގައި ކަމަށާއި ނަމަވެސް ނިޔާވި ސަބަބު އަދި ސާފު ނުވާ ކަމަށެވެ.
އެމީހާގެ ހަށިގަނޑު މިހާރު އައިޖީއެމްއެޗަށް ގެނެސްފައިވާ ކަމަށާއި އަސުރު ނަމާދަށް ފަހު މާލޭގައި ވަޅުލާނެ ކަމަށް ވެސް ޝާހް ވިދާޅުވި އެވެ.