ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު - ފޮޓޯ: ސަން

މިނިވަންކަމަށް ނުރައްކާވާނެ ހުރިހާ އެއްބަސްވުމެއް ރައީސް ޔާމީން ވެރިކަމަށް އައިސް އުވާލާނެ: އާދަމް ޝަރީފް

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާނެ ހުރިހާ ބިލެއް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވެރިކަމަށް އައިސް އުވާލައްވާނެކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޓްވިޓާރ މެދުވެރިކޮށް އާދަމް ޝަރީފް ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓުންގެ ލިސްޓްގައި ރައީސް ޔާމީންގެ ނަން އޮންނާނެކަމަށާއި، މާތް ﷲ އިރާދަފުޅާއެކު ރައީސް ޔާމީން އަލުން ރާއްޖޭގެ ވެރިކަމަށް އައިސް ޤައުމުގެ ސިޔާދަތު އަލުން ހޯއްދަވައި ދެއްވާނެކަމަށެވެ.

"ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާނެ ހުރިހާ އެއްބަސްވުންތައް ރައީސް ޔާމިން ވެރިކަމަށް ވަޑައިގަތުމަށްފަހު އުވާލާނަން." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު، މިހާރުގެ ސަރުކާރުން އިންޑިއާއާއެކު ސިއްރު ގުޅުންތަކެއް ބާއްވަމުން ގެންދާކަމަށް އިދިކޮޅުން ތުޙުމަތުކުރާތާ ދުވަސްތަކެއްވަނީ ވެފައެވެ. އެގޮތުން އިންޑިއާ އިން ރާއްޖެއަށް އަތްގަދަ ކުރަމުންދާ ކަމަށް ބުނެ “އިންޑިއާއައުޓު” ގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕެއިނެއްވެސް ފަށާފައިވާއިރު، އިންޑިއާ އިން އެހީތެރިކަން ދެނީ އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ބެހެއްޓުމަށް ކަމަށް ގިނަބަޔަކުދަނީ ތުޙުމަތުކުރަމުންނެވެ.

އަދި ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ހަނިމާދޫއަށް އިންޑިއާގެ އަސްކަރީ 2 މަތިންދާ ބޯޓު ޖެއްސުމާއި، އިންޑިއާގެ ކޮޗިންއިން ހދ.ކުޅުދުއްފުއްޓަށް އައި ފެރީއަކީވެސް މިސަރުކާރާއި އިންޑިއާ އޮންނަ ސިއްރު ގުޅުމާއި ގުޅުންހުރި ކަންތައްތައްކަމަށް އިދިކޮޅުންދަނީ ތުޙުމަތު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ