ފަތުރުވެރިކަމަކީ މިޤައުމުގެ ތަރައްޤީގެ އިންޖީނުކަމަށް 30 އަހަރު ވަންދެން ރާއްޖޭގެ ވެރިކަން ކުރެއްވި ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މަޢުމޫން ޢަބްދުލްޤައްޔޫމް ވިދާޅު ވެއްޖެއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ކުރެއްވި ޓުވީޓެއްގައި ރައީސް މަޢުމޫން ވިދާޅުވީ، ވޭތުވެދިޔަ 50 ހަކަށް އަހަރު ދިވެހިރާއްޖޭގެ ތަރައްޤީގެ އިންޖީނަކީ ޓުއަރިޒަމްކަމަށެވެ.
އަދި ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގައި ކުރިއަރުވަން މަސައްކަތްކޮށް ރާއްޖެ އަންނަ ފަތުރުވެރިންނަށް މަރުޙަބާ ކިއުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށްވެސް ރައީސް މައުމޫނުވަނީ ޝުކުރުއަދާ ކުރައްވާފައެވެ.
As we celebrate #WorldTourismDay2020 we acknowledge that tourism has been the engine of our development for over 50 years. We thank the investors, resort and guest house developers, policy makers and the people of Maldives who have welcomed our guests with open arms. @MoTmv
— Maumoon Abdul Gayoom (@maumoonagayoom) September 27, 2020
ރާއްޖޭގެ މައި ސިނާއަތް ކަމަށްވާ ފަތުރިވެރިކަމުގެ ސިނާއަތް ވަނީ ކޮވިޑް 19ގެ ސަބަބުން ވަރަށް ބޮޑަށް ހީނަރުވެފައެވެ. ރާއްޖޭގެ ބޯޑަރުތައް ބަންދުކުރި ހިސާބުން ގިނަ ރިސޯޓުތައް ބަންދުކުރިއެވެ. އެކަމާ ގުޅިގެން އެ ސިނާއަތުގައި މަސައްކަތް ކުރާ އެތައް ފަރާތަކަށް އެކަމުގެ މާލީ ގެއްލުން ކުރިމަތިވިއެވެ.
ކޮވިޑް-19 އާ ގުޅިގެން އެޅި ފިޔަވަޅުތަކާއެކު ރާއްޖޭގެ ބޯޑަރުތައް ދެމަސް ދުވަހަށްވުރެ ގިނަ ދުވަހު ބަންދުކޮށްފައި އޮތުމަށްފަހު ބޯޑަރު ހުޅުވާލާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ސޯޅަ ހާހަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ފާއިތުވި 48 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ބާރު ދުވެއްޔެއްގައި ކުރިއަރައި، މި ސިނާއަތްވެފައިވަނީ ރާއްޖޭގެ އިޤްތިޞާދުގެ މައި ތަނބަކަށްވެފައިވާއިރު، ރާއްޖޭގައި 140 އަށްވުރެ ގިނަ ރިސޯޓު އޮޕަރޭޓް ކުރެއެވެ.
ބޯޑަރު ހުޅުވާލިފަހުން 13،516 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފި



