މިރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް / ފޮޓޯ: މީސްމީޑިއާ

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލެ ރެޑްވޭވް ކައިރިން ޓްރަކަކާއި، ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް މައުލޫމާތު ލިބިފައިވާ މިއަދު ހަވީރު ލިބިފައިވާ ކަމަށާއި، މި އެކްސިޑެންޓްގައި ސައިކަލުގައި ދިޔަ މީހާއަށް އެކި ވަރުގެ އަނިޔާ ލިބިފައިވާތީ އެ މީހާ ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.

މި އެކްސިޑެންޓް ހިނގިއިރު، ޓްރަކް ދުއްވަން އިނީ 30 އަހަރުގެ ބަންގްލަދޭޝް ފިރިހެެނެއް ކަމަށާއި، ސައިކަލު ދުއްވަން އިނީ 22 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓް ހިނގިއިރު އުޅަނދު ދުއްވަން އިން ދެ މީހުންގެ އަތުގައިވެސް ލައިސެންސް ނެތް ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ