އެމްޑީޕީ އާއިއެކު ދިވެހިރާއްޖޭގެ މުޅި އުތުރު ދެމިގަންނާނެ ކަމަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޔާސިރު އަބްދުލްލަތީފު ވިދާޅުވެއްޖެ އެވެ.
ޔާސިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުތުރުގެ ރައްޔިތުންގެ އަންމަތި ތިޔާގިވެ ހަމަ އިސްކޮޅަށް ތެދުވެދާނެތީ އޮބިތަންޑު އަޅައިގެން އުޅޭތާ ލައްކަ ދުވަސްވެއްޖެ ކަމަށެވެ.
މިހާރު އިދިކޮޅުގައި ތިބި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތްތަކަށް އިޝާރާތް ކުރައްވައި ޔާސިރު ވިދާޅުވީ އިދިކޮޅުގައި ތިބެގެންވެސް ހޭބޯނާރާ އެކަމުގަ މޮޔަވެފަ ކަމަށެވެ.
"ވަރަށް ސޮރީ، އެމްޑީޕީ ބާރުތަށް ދޫކުރާނެ، އަތޮޅުތެރެ ދިރުވާނެ، އެމްޑީޕީ އާއިއެކު މުޅި އުތުުރު ދެމިގަންނާނެ" ޔާސިރު ވިދާޅުވިއެވެ.
ލައްކަ ދުވަސްވެއްޖެ އުތުރުގެ ރައްޔިތުންގެ އަންމަތި ތިޔާގިވެ ހަމައިސްކޮޅަށް ތެދުވެދާނެތީ އޮބިތަންުޑު އަޅައިގެން އުޅޭތާ. އިދިކޮޅުގަ ތިބެގެންވެސް ހޭބޯނާރާ އެކަމުގަ މޮޔަވެފަ. ވ ސޮރީ، MDP ބާރުތަށް ދޫކުރާނެ، އަތޮޅުތެރެ ދިރުވާނެ، MDP އާއިއެކު މުޅިއުތުުރު ދެމިގަންނާނެ
— Yasir Abdul Latheef (@YasirLathyf) September 27, 2020
ކޮޗިން ފެރީއާއި ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު އިންޑިއާގެ އެހީގައި ތަރައްޤީ ކުރުމާއި ގުޅޭ ގޮތުން އިދިކޮޅުން އަންނަނީ ބަސް ބުނަމުންނެވެ. އެގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ޝިޔާމް ވަނީ 3 މަސް ފަހުން ކޮޗިން ފެރީ ބަދަލުވާނީ ފަސިންޖަރ ފެރީއަކަށް ކަމަށް ވިދާޅުވެފައެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު މުދާ އުފުލަން ފެށި ކާގޯ ފެރީގައި ގެނައި ތަކެތި މީޑިއާތަކަށް ދައްކަން ޖެހޭނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ވިދާޅުވެފައެވެ. އަދި ޕީއެންސީގެ ނައިބު ރައީސް ސުޖާއު ވަނީ ޝުޖާއުވަނީީ ކޮޗިން ފެރީން ރަން ލިބޭނެކަމަށް އުންމީދު ނުކުރުމަށް ގޮވާލައްވާފަ އެވެ.
ކޮޗިން ފެރީން ރާއްޖެ ގެނައީ ހަތިޔާރާއި މަސްތުވާތަކެތި ނޫން ކަން ޔަގީންކޮށްދީ، މީޑިއާތަކަށް ހާމަކޮށްދޭންޖެހޭކަމަށްވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.




ހިޔާލު
ބަލަ މަލެ އަށް އެތަންބަްިވަރު ބޯޓެއް އާދޭ އެތަން އަހަރެއް. .ދެމިގަނެ ވުނީ ކިހާވަރަކަށް.މާލެ ގަ ެމަގުތަސްވެ އަދި ނުނިމޭ. ޒަމާނި ފެން ވަރަކަށް ހެދީ ކާކު. އެގެ ފަސޭހަ ދުވަހަކު ބަޔަކަށްނުކުރަ ވަރަ އެބަކުރޭދޯ.މިފެރީ ބޯޓުން އިޑިޔާ ގެ ކުދި ވިޔަފާރި ވެރިންނަށް ފައިދާކުރާނެ .މިއީ އިންޑިޔާގެ ކުދި ފިޔަފާރި ވެރިންނަށް އިންޑިޔާއިން ހުޅުވާލި ދޮރެއް.މައްސަލައެއްނުން ހަމަ ރަނގަޅު. އެކަމަކު އެކަން އަހަރުމެންނަށް އެހެން ގޮތަކަށް ފާޓީގެ ތާއިދު ހޯދަންވިސް ވިސްނަ ދެން ނޫޅޭ. އެކަމެން ގެ ގޮތުގަ އެކަމަކަ ވަހަ ދަށްކަން ވާނީ. ކާކޯ ފެރީއަކުން ތަރައްގީ ވާނަމަ މާލެ އޮންނާނި ތިބުނާ ގޮތަސް ވެފަ އެކަމަކު މާލެގަ ފެން ވަރުގެ މަގެއް ވެސް އަދި ހެދުނީ އެއްކަލަ މިހާގެ ސަބަބުން. މިކަމުން ރައްޔަތުން ނަށްވީފަސޭހަ ދުވަހަކުވެސް އަދި ކަމަކުން ނުވޭ. ތަރަސްގީޔަށް އިންޑިޔާގެ ފެރީ އެއްއައުމަކީ މިގައުމުގެ މިހާރު ނެެތް ދަރު މަރުކޭޓު އަބުރާއައުން ކަހަލަ ކަމެއް.