ބާސެލޯނާއަށް ނުދިޔަ ސަބަބު އޮބަމަޔާން ހާމަކޮށްފި

އާސެނަލްގެ ކެޕްޓަން ޕިއޭ އެމެރިކް އޮބަމަޔާން އެ ކްލަބު ދޫކޮށް ސްޕެއިންގެ ބާސެލޯނާއަށް ނުދިޔަ ސަބަބު ހާމަކޮށްފިއެވެ.

ކެނާލް ޕްލަސް އަށް ދިން އިންޓަރވިއުއެއްގައި ވާހަކަ ދައްކަމުން އޮބަމަޔާން ބުނީ، އެކިކްލަބުތަކުން އޭނާ ތަފާތު ހުށަހެޅުންތައް ލިބިފައިވާކަމަށެވެ. އަދި ވަކިން ޚާއްސަކޮށް އެފްސީ ބާސެލޯނާ އޭނާވަނީ ފާހަގަކޮށްފައެވެ.

އެހެންނަމަވެސް އޮބަމަޔާން ބުނީ، މި ހުރިހާ ހުށަހެޅުންތަކަށްވެސް ނޫނެކޭ ބުނެ އާސެނަލްގައި މަޑުކުރަން ނިންމީ، ކޯޗު އާޓެޓާއާއި އާސެނަލްގެ ސަޕޯޓަރުންގެ ސަބަބުން ކަމަށެވެ. އެގޮތުން ލޮކްޑައުންގެ ދުވަސްވަރު ކޯޗު އާޓެޓާއާއި ވަރަށް ގިނައިން ވާހަކަ ދެކެވޭކަމަށާއި، ކޯޗުގެ ޕްލޭންގައި އޮބަމަޔާންގެ މުހިންމުކަން ކޯޗު ބުނެދީފައިވާކަމަށެވެ.

އަދި އާސެނަލްއައިފަހުން ސަޕޯޓަރުންގެ ފަރާތުން ލިބުނު ލޮތްބަކީވެސް އޭނާ އާސެނަގއި މަޑުކުރަން މެދުވެރިވި ސަބަބެއްކަމަށްވެސް އޮބަމަޔާންވަނީ ބުނެފައެވެ. އެގޮތުން ފުރަތަމަ ދުވަހުން ފެށިގެންވެސް އޮބަމަޔާންއަކީ އާސެނަލްގެ ކުޅުންތެރިޔެއްގެ ގޮތުގައި ސަޕޯޓަރުން ބަލައިގެންފައިވާކަމަށާއި އެސަބަބަށްޓަކައި އާސެނަލް ދޫކޮށްލަން ބޭނުންނުވީކަމަށްވެސް އޭނާ ބުންޏެވެ.

ބޮރޫޝިއާ ޑޯޓްމްންޑް ދޫކޮށް 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އާސެނަލްއާއި އޮބަމަޔާން ގުޅުނީ 63 މިލިއަން ޔޫރޯ އަށެވެ. އާސެނަލްއާއެކު އޮބަމަޔާން ފުރަތަމަ ހެދި އެއްބަސްވމުގެ ނިިޔަލަކީ އަންނަ އަހަރުގެ ޖޫންގެ ނިޔަލެވެ. އެހެންނަމަވެސް އޮބަމަޔާންވަނީ މިމަހުގެ މެދުތެރޭގައި އާސެނަލްއާއެކު އާ އެއްބަސްވުމަކަށް އައިސްފައެވެ. އަދި މިއާ އެއްބަސްވުމުގެ ދަށުން 2023 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް އޭނާ އާސެނަލްގައި މަޑުކުރާނެއެވެ.

ގެބޮން އަށް އުފަން އުމުރުން 31 އަަހަރުގެ އޮބާމަޔަން އާސެނަލާ އެކު ސޮއިކުރި އާ ކޮންޓްރެކްޓާ އެކު އޭނާ ވެގެންދާނީ އެ ޓީމުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއަށެވެ. ރިޕޯޓްތައް ބުނާގޮތުން އޮބާމަޔަން އަށް އަހަރަކު 21 މިލިއަން ޔޫރޯ ލިބޭނެއެވެ.

މިލިޔުން ކިޔާލުމުން
3121
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ