އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 6 މިލިއަނަށް އަރައިފި

އަވަށްޓެރި އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދު 6 މިލިއަނަށްވުރެ އިތުރުވެއްޖެއެވެ.

ދުނިޔޭގެ އެހެނިހެން ގައުމުތަކާއި ހިލާފަށް މިވަގުތު އިންޑިއާގައި މިބައްޔަށް ދުވާލެއްގެ ތެރޭ ޕޮޒިޓިވުވާ މީހުންގެ އަދަދުވަނީ ރިކޯޑް މިންވަރަކަށް އިތުރުވެގެން ގޮސްފައެވެ. މިގޮތުން ދުވާލަކު ފާއިތުވެދިޔަ ފަސްދުވަސްތެރޭ އެވަރެޖްކޮށް 80،000 މީހުން ޕޮޒިޓިވުވެފައި ވެއެވެ.

މިހެންނަމަވެސް އިންޑިއާ ފާހަގަ ކޮށްލެވިގެންދަނީ އެހެން ގައުމުތަކާއި އަޅާބަލާއިރު ކޭސްލޯޑުގެ ގޮތުން މަރުވާ އަދަދު މަދު ގައުމެއްގެ ގޮތުގައެވެ. އިންޑިއާގައި މިހާތަނަށް މިބަލީގައި މަރުވި މީހުންގެ އަދަދަކީ 96,351 އެކެވެ.

އިންޑިއާގައި ކޮވިޑް-19 ފެތުރޭ މިންވަރު އިންތިހާދަރަޖައަށް އުފުލިގެން ގޮސްފައި މިވަނީ، ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އިންޑިއާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގެ އިގްތިސާދަށް ލިބުނު ގެއްލުން ފޫބެއްދުމަށް ފުރަބަންދަށް ލުއިތައްދޭން ފެށުމާއި ގުޅިގެންނެވެ.

ޖުމްލަކޮށް އިންޑިއާގެ އެންމެހާ ވިޔަފާރިތަކެއް ހުޅުވައި އާންމު އުސޫލުގެ ދަށުން ހިދުމަތްދޭން މިހާރުވަނީ ފަށައިފައެވެ. ނަމަވެސް ތައުލީމް ފޯރުކޮށްދޭ ތަންތަން ކަމަށްވާ ސްކޫލްތަކާއި އަދި ކޮލެޖުތައް އަދިވެސް ހުޅުވާފައެއް ނުވެއެވެ.

މުޅި ދުނިޔެއިން 33.5 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 24,876,304 މީހުން މިހާރުވަނީ މިބަލިން ރަނގަޅު ވެފައެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ މިލިއަނަކަށް އަރާފައެވެ.

މިހާތަނަށް ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ޕޮސިޓިވްވެފައި ވަނީ އެމެރިކާގައެވެ. މިގޮތުން އެމެރިކާއިން މިބައްޔަށް 7,361,611 މީހުން ޕޮޒިޓިވުވެފައިވާއިރު މިބަލީގައި އެގައުމުން 209,808 މީހުންވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ