ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު | ފޮޓޯ: ފޮރިން މިނިސްޓްރީ

މަލްޓިލެޓްރަލިޒްމްގެ ހަޤީޤީ ރޫޙު އަލުން ދިރުވުމަށް މިނިސްޓަރ ޝާހިދު ގޮވާލައްވައިފި

އ.ދ. ގެ އަސާސްތަކަށް ބޯލަނބައި މަލްޓިލެޓްރަލިޒްމްގެ ހަޤީޤީ ރޫޙު އަލުން ދިރުވުމަށް ބައިނަލްއަޤްވާމީ ދުނިޔެއަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

މިއަދު ބޭއްވުނު އ.ދ. ގެ އާއްމު މަޖިލީހުގެ 75 ވަނަ ބައްދަލުވުމުގެ އާއްމު ބަހުޘްގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް އަބްދުﷲ ޝާހިދު ވަނީ ދިވެހިރާއްޖެ ތަމްޞީލުކުރައްވައި، ރެކޯޑްކުރެވިފައިވާ ވީޑިއޯ ޚިތާބެއް ދެއްވާފައެވެ.

ފޮރިން މިނިސްޓަރ ޝާހިދު ވަނީ އެމަނިކުފާނުގެ ވާހަކަފުޅު ފެށުމުގެ ގޮތުން އ.ދ. ގެ ޗާޓަރުގައި ފަވާލެވިފައިވާ މަލްޓިލެޓްރަލިޒްމް ގެ އުޞޫލުތަކަށް ދިވެހިރާއްޖެއިން ކުރާ ޤަދަރު އައުކުރައްވައި، މީގެ 55 އަހަރުކުރިން އ.ދ. ގެ ތަޅުމުގައި ދިވެހިރާއްޖެއިން ފުރަތަމަ ފަހަރަށް އިއްވި ޚިތާބުގެ ހަނދާން އައުކުރައްވާފައެވެ.

އެގޮތުން ފަހުގެ ތާރީޚެއްގައި ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ވަބާކަމުގައިވާ ކޯވިޑް-19  ގެ ބަލިމަޑުކަން މުޅި ދުނިޔެއިން ތަހައްމަލުކުރަމުގެންދާ މިދަނޑިވަޅުގައި، މަލްޓިލެޓްރަލިޒްމްގެ ރޫޙު އާލާކޮށް ދިރުވުމަށްޓަކައި ބައިނަލްއަޤްވާމީ ފަރާތްތަކުން އެއްބައިވަންތަކަން އިސްކުރުމަށްވެސް ފޮރިން މިނިސްޓަރ ޝާހިދު ވަނީ ގޮވާލައްވާފައެވެ.

"ދުނިޔޭގެ ފަހުގެ ތާރީޚެއްގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ވަބާއާއި މުޅި ދުނިޔެ މިއަދު ކުރިމަތިލަމުންދާއިރު، އަޅުގަނޑުމެން ބޭނުންވާ ފަހި މުސްތަޤްބަލު، އަޅުގަނޑުމެން ބޭނުންވާ އ.ދ. އަދި ހުރިހާ ޤައުމެއް ގުޅިގެން މަލްޓިލެޓްރަލިޒްމްއަށް އަޅުގަނޑުމެން ކުރާ ތާއީދު އިއާދަކުރުން، މިވަނީ ފާއިދާ ކުރަނިވި ކަމަކަށްވުމުގެ އިތުރުން ބޮޑަށް ޒަރޫރީ ބޭނުމަކަށްވެސްވެފަ" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޢިނާޒު ޢަލީ

    ޤއ. ގެ 115(މ)ގެ ދަށުން ރޖ. އަށް ލިބިގެންވާ ބާރު ބޭނުންކުރެވޭނީ ޤއ. ގެ 115(ރ)އާ އެއްގޮތަށް، އަދި ރައްޔިތުންނަށް ޖަވާބުދާރީވަނިވި އުޞޫލަކުން. އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ޢަދަދާއި، ތިބި ޙަޤީޤީ ސަބަބު ހާމަކުރަންވާނެެ. އދ. ގެ ޗާޓަރ 102 އާ ޚިލާފަށް އެއްބަސްވުން ސިއްރު ނުކުރެވޭނެ. ފުރަތަމަ ސަރުކާރުން ތިކަމަށް އަމަލު ކޮއްބަލަ ދެން އެހެން ގައުމުތަކަށް ގޮވާބަލަ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ