ލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގައި ފުލުހުން އާއްމުންގެ އެހީއަށް އެދިއްޖެއެވެ.
ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ. ފޭދޫ، އުޖާލާގެ، 24 އަހަރުގެ މުޙައްމަދު ޢިމާދު އަޙްމަދު ކަމަށެވެ.
ވީމާ މުޙައްމަދު ޢިމާދު އަޙްމަދާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި ޙިއްސާކުރެއްވުން ފުލުހުން އެދިލައްވައެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ފުލުހުން ވަނީ އާއްމު ރައްޔިތުންނަށް ޝުކުރުދަންނަވާފައެވެ.




