އަލްހާން ފަހުމީ ގަޔަށް ވަޅި ޖެހި މީހާއަށް އަލްހާން މަޢާފް ކޮށްފިއެވެ.
އަލްހާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "އަޅުގަނޑުގެ މައިބަދަޔަށް އެއްވެސް ޙައްޤަކާ ނުލާ ވަޅި ޖެހި މީހައަށް އަޅުގަނޑު މަޢާފް ކޮށްފިން!" ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީއަށް 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު، ތޫނު އެއްޗަކުން ހަމަލާދިނީ ހެންވޭރު އާޓިފިޝަލް ބީޗް ސަރަހައްދުގައި އޭރު ހުރި ބްރޭކްވޯޓާ ރެސްޓޯރެންޓްގައި އޭނާ އިންނަވަނިކޮށެވެ. އަލްހާން ބުރަކަށްޓަށް ދިން އެ ހަމަލާގައި އޭނާގެ މައިބަދައަށް ގެއްލުންވެ، ރާއްޖެއިން ބޭރުގައި ވެސް ފަރުވާ ހޯދަން ޖެހުނެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރީ ސ. ހިތަދޫ އުލްފާ މަންޒިލް، މުހައްމަދު ނަސީމްގެ މައްޗަށެވެ.
އަޅުގަނޑުގެ މައިބަދަޔަށް އެއްވެސް ޙައްޤަކާ ނުލާ ވަޅި ޖެހި މީހައަށް އަޅުގަނޑު މަޢާފް ކޮށްފިން ! pic.twitter.com/AvgDP00oRC
— ????? ????? - ?? (@AlhanFahmy) September 30, 2020
އަލްހާން ފަހުމީ އަށް ހަމަލާދިން މީހާ ހަތް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައެވެ. އަލްހާނަށް ހަމަލާދިން މައްސަލާގައި އިތުރު މީހެއްގެ މައްޗަށް ވެސް ދައުވާކުރަން ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ. އެކަމަކު ހެކި ނެތުމުން އޭނާގެ މައްޗަށް ދައުވާއެއް ނުކުރެއެވެ.



