ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް އިތުރު ކައިވެންޏެއް ކުރައްވާފައިވީ ނަމަވެސް މިސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވަރިކުރައްވާފައި ނުވާކަމަށް "ފެށުން" އަށް ކަށަވަރު ވެއްޖެއެވެ.
"ފެށުން" އަށް ކަށަވަރުވެފައިވާ ގޮތުގައި ގާސިމް ކައިވެނި ބައްލަވައިގެންފައިވަނީ އުމުރުން 23 އަހަރުގެ އދ. މާމިގިލި، ހަޒާރުމާގެ، ރާނިއާ އަބްދުލް ހަމީދުއާ އެވެ. އެ ދެ ބޭފުޅުންގެ ކައިވެނި ހަފުލާ އޮތީ ވެސް ސަން އައިލެންޑުގައެވެ.
މިކަމާއި ގުޅިގެން މީސްމީޑިއާގައި މިހާރު ދެކެވެމުންދާ އެންމެ ގަދަ އެއްވާހަކައަކީ ގާސިމް މިކައިވެނި ކުރައްވާފައިވަނީ މިނިސްޓަރު ނަހުލާ ވަރިކުރައްވާފައި ކަމަށެވެ. އެހެންނަމަވެސް އިތުބާރު ހުރި މަސްދަރަކުން “ފެށުން” އަށް މައުލޫމާތު ދިން ގޮތުގައި ގާސިމް އިތުރު ކައިވެންޏެއް ބައްލަވައިގެންފައި ވީނަމަވެސް މިނިސްޓަރު ނަހުލާ ވަރި ނުކުރައްވާ ކަމަށެވެ.
ގާސިމާއި ނަހުލާގެ ކައިވެންޏަށް މިހާރު 13 އަހަރު ވެފައިވާއިރު، މިހާތަނަށް ހަ ދަރިން ލިބިފައިވެއެވެ.




ހިޔާލު
ކިތައް އަނބިންތަ ގާސިމަށް ލިބުނީ . މަށަށް ގުނާއިރު 5 އަނބިން ހަމަވާތީ .