ހުޅުމާލޭގެ ދެ ފޭސް ގުޅާލާ ބްރިޖެއް / ފޮޓޯ: ވަގުތު

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެއް ބްރިޖު މިއަދުން ފެށިގެން ހުޅުވާލަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބްރިޖު އެކެއް މިިއަދުން ފެށިގެން ހުޅުވާލާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ވިދާޅުވެއްޖެއެވެ.

އެޗް.ޑީ.ސީން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަށްސަށް ފަސޭހައިން އަރައި ފޭބުމަށް ތަރައްޤީކުރާ ކަނެކްޓިންގ ބްރިޖުތަކުގެ ތެރެއިން ފުރަތަމަ ބްރިޖު ހުޅުވާލަން ނިންމީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގައި އާއްމު ފަރާތްތަކުން ދިރިއުޅެން ފެށުމާއި ގުޅިގެން އެ ފަރާތްތަކަށް އެ ސަރަޙައްދަށް އަރައި ފޭބުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުންކަމަށެވެ. އޮކްޓޯބަރު 1 އިން ފެށިގެން ހުޅުވާލުމަށް ނިންމާފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ނިރޮޅުމަގާއި ގުޅިފައިވާ ބްރިޖެވެ.

މި ބްރިޖު ހުޅުވާލި ނަމަވެސް، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެހެން ސަރަޙައްދުތަކަށް އެޗް.ޑީ.ސީގެ ހުއްދަ ނެތި އާއްމު ފަރާތްތަކުން ވަދެނިކުމެ އުޅުމާއި، އަރައިފޭބުމަކީ މަނާކަމެއް ކަމަށް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ސަރަޙައްދު ބޭނުންކުރާ ފަރާތްތަކުން، އެ ކޯރޕަރޭޝަނުން ކަނޑައަޅާފައިވާ އުޞޫލުތަކާއި ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޢަމަލުކުރުމަށްވެސް އެޗް.ޑީ.ސީން ވަނީ އިލްތިމާސްކުރައްވާފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަޝްރޫޢުއަށް 5 އަހަރު ވިއިރު، ދެވަނަ ފިޔަވަހީގައި މީހުން އާބާދުކުރުމުގެ މަސައްކަތް އެޗް.ޑީ.ސީން އަންނަނީ ކުރަމުންނެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކުރު ބިންތަކުގައި އަމިއްލަ މީހުން އަޅާފައިވާ ބައެއް ގެތަކުގެ މަސައްކަތް ނިމި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅުމަށް މަދު އާއިލާތަކަކުން މިހާރުވަނީ ބަދަލުވެފައެވެ. ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފަށާފައިވަނީ ފިޔަވަހި އެކެއްގެ ނިރޮޅު މަގާ ގުޅިގެން ފޭސް ދެއަކަށް އަންނަ މަގުތަކަށް ހުރި ގޯތިތަކުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ