ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ - ފޮޓޯ: ރައީސް އޮފީސް

އިންސާފާއި ހައްޤު ހޯދައިދިނުމަކީ ބުރަ އެހެނަސް ދަރުމަހުރި ކަމެއް - އިމްރާން

އިންސާފާއި ހައްޤު ހޯދައިދިނުމަކީ ބުރަ އެހެނަސް ދަރުމަހުރި މަސައްކަތެއް ކަމުގައި ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ މިހެން ވިދާޅުވެފައިވަނީ މިއަދު ހަވީރު ކުރެއްވި ކުރު ޓްވީޓެއްގައެވެ.

"ރައްޔިތުމީހާއަށް އިންސާފާއި ހައްޤު ހޯދައިދިނުމުގެ މަސައްކަތަކީ ވަރަށް ހެޔޮ، ދަރުމަހުރި މަސައްކަތެއް، އެހެނަސް އުނދަގޫ، ބުރަ މަސައްކަތެއް." ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، ރައްޔިތުންނަށް އިންސާފާއި ހައްޤު ހޯދައިދެވޭނީ ކެތްތެރިކަމާއި، ހިތްތިރިކަމާއި އޯގާތެރިކަން އިސްކުރެވިގެން ކަމަށެވެ.

ހޯމް މިނިސްޓަރ އިމްރާން މިހެން ވިދާޅުވިއިރު، މިއަދު ވަނީ ދިވެހިރާއްޖޭގެ ޖަލުތަކުގެ ޚާލަތު ބަލަން އައު ސަރުކާރުން އެކުލަވާލި ރިޕޯޓް އާއްމުކުރައްވާފައެވެ.

ހޯމް މިނިސްޓަރ އިމްރާން ޢަމްދުﷲގެ އެންމެ ބޮޑު އެއް ތަޞައްވަރަކީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރެއްވުމާއެކު، ޖަލަށް ލެވޭ މީހުން އަނބުރާ މުޖުތަމައުއަށް ނިކުންނައިރު އެމީހުންނަކީ ޖަލަށް ދިޔައިރު ތިބި ހާލަތަށްވުރެ ރަނގަޅު، މުޖުތަމައުއަށް ބޭނުންތެރި ބަޔަކަށް ހެއްދެވުން ކަމަށް އެމިނިސްޓްރީން މިއަދު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް