ޕީއެންސީގެ ރައީސް އަބްދުއްރަހީމް

ހިޔާނާތުގެ ފައިސާ ޕީޕީއެމް/ޕީއެންސީ އަށް ނުލިބޭ: އަދުރޭ

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އިދިކޮޅު ކޯލިޝަންގެ ޕީޕީއެމް/ޕީއެންސީ އަށް ނުލިބޭ ކަމަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭވަނީ އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު މިސަރުކާރުން ކޮރަޕްޝަންގެ މައްސަލަތަށް ބަލަމުން ނުގެންދާކަމަށާއި، އަަދި މިކަމާއި ވަރަށް ބޮޑަށް ކަންބޮޑުވާކަމަށެވެ.

އަަދި އެމްއެމްއެމްޕީއާރުސީގެ ޚިޔާނަތުގެ ފައިސާ ނުލިބޭ ސިޔާސީ އެއްވެސް ޕާޓީއެއް ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ވިދާޅުވިނަމަވެސް، އެފައިސާ އިދިކޮޅު ކޯލަޝަނަށް ލިބިފައިނުވާކަމަށެވެ. އެހެންކަމުން އެކަން ދޮގުކޮށް ޕާޓީއިން ބަޔާނެއް ނެރެން ނުޖެހޭކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، މިމައްސަލަ އިންސާފުވެރިކަމާއެކު ވީހާވެސް އަވަހަށް ބަލަން އެދޭކަމަށާއި، މިމައްސަލާގައި ޖަލުގައި ހުންނަން ޖެހޭނީ ހަމައެކަނި ރައީސް ޔާމީން ނޫންކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އިއްވާފައި އޮތީ ބޭއިންސާފު ޚުކުމެއްކަމަށްވެސް އަދުރޭވަނީ ތަކުރާރުކޮށް ދަންނަވާފައެވެ.

ހިޔާނާތުގެ ފައިސާ ކުރީގެ ރައީސުންނާއި މަޖިލިސް މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި އަދި ސިޔާސީ ހުރިހާ ޕާޓީއަކަށް ވެސް ލިބިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވަނީ އިއްޔެއެވެ. ކުރެވުނު ކުށްތަކަށް ތައުބާވެ، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ރައްޔިތުންގެ ކިބައިން މައާފަށް އެދިފައިވާއިރު، އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީއިން ގެއްލުނު ފައިސާ ހޯދުމަށް އޭނާގެ ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށާއި ދައުލަތުން ކުރާ ހަތް ދައުވާއަށް އިތިރާފުވާކަމަށެވެ.

ކުރެވުނު ކުށްތަކަށް ތައުބާވެ، އަދީބު ރައްޔިތުންގެ ކިބައިން މާފަށް އެދިއްޖެ

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ