ޔޫއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ލިއޮނަލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯ ބައްދަލުކުރަން ޖެހިއްޖެއެވެ.
ޗެމްޕިއަންސް ލީގުގެ ގުރުއަތުލުން މިއަދު ނަގާފައިވާއިރު، ރޮނާލްޑޯ ކުޅެމުން އަންނަ ޔުވެންޓަސްއާއި މެސީގެ ބާސެލޯނާ އޮތީ އެއް ގްރޫޕެއްގައެވެ. އެއީ ގްރޫޕް ޖީ ގައެވެ. އަދި މިއީ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި މިދެކުޅުންތެރިން ބައްދަލުކުރާ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ. ޔުވެންޓަސް އަދި ބާސެލޯނާގ އިތުރުން ގްރޫޕް ޖީ ގައި ދެން ހިމެނެނީ ޑައިނަމޯ ކީވްއާއި ފެރެންސްވާރޯސްއެވެ.
ގްރޫޕް އޭ
- ބަޔާން މިއުނިކް
- އެތުލެޓިކޯ މެޑްރިޑް
- ސަލްސްބާގު
- ލޮކޮމޯޓިވް
ގްރޫޕް ބީ
- ރެއަލްމެޑްރިޑް
- ޝަކްތަރު ޑޮނެސްކް
- އިންޓަރމިލާން
- މޮންޝެންގްލެބާދް
ގްރޫޕް ސީ
- ޕޯޓޯ
- މެންޗެސްޓާރ ސިޓީ
- އޮލިމްޕިއާކޯސް
- މާސޭލް
ގްރޫޕް ޑީ
- ލިވަޕޫލް
- އަޔޭކްސް
- އެޓަލަންޓާ
- މިޖްލޭންޑް
ގްރޫޕް އީ
- ސެވިއްޔާ
- ޗެލްސީ
- ކްރަސްނޮޑާރ
- ރެނެސް
ގްރޫޕް އެފް
- ޒެނިތު
- ޑޯޓުމުންޑު
- ލާޒިއޯ
- ކްލަބު ބްރާގެ
ގްރޫޕް ޖީ
- ޔުވެންޓަސް
- ބާސެލޯނާ
- ޑައިނަމޯ ކީވް
- ފެރެންސްވާރޯސް
ގްރޫޕް އެޗް
- ޕެރިސް
- މެންޗެސްޓާރ ޔުނައިޓެޑު
- ލެއިޕްޒިގް
- އިސްތަންބުލް ބަސަކެޝީރް

ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ މެޗުތަށް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 20 ގައެވެ. މިމުބާރާތުގެ ފައިނަލް އިންތަންބުލްގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު ކުޅޭނީ އަންނަ އަހަރުގެ މެއި 29 ގައެވެ.




