އިދިކޮޅުން ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ރޮޒައިނާ ތުހުމަތުކޮށްފި

އިދިކޮޅު ކޯލިޝަނުން ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވެފައިވަނީ، 2014 ވަނަ އަހަރު މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް (އެމް.އާރް.ޑީ.ސީ) އަށް ލޭންޑިންގ ކްރާފްޓެއް ގަތުމަށް ހުޅުވާލި ބީލަން ކާމިޔާބުކުރި ފަރާތަށް، ލޭންޑިންގ ކްރާފްޓް ގަންނަ އަގުގެ %50 އަށްވާ ފައިސާ ދީފައިވަނީ އެމް.އާރް.ޑީ.ސީގެ ބޯޑު މެންބަރުންގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒުފައިދާ ހޯދައިދިނުމަށްކަމަށް ބުނާ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަނުން ތަޙްޤީޤުކޮށް ނިންމައި އެ މައްސަލައިގައި ދަޢުވާކުރުމަށްޓަކައި 29 ސެޕްޓެންބަރު 2020 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމާއި ގުޅިގެންނެވެ.

މި މައްސަލައަކީ، 16 އޮކްޓޫބަރު 2018 ގައި ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއްކަމަށް އޭރުގެ ކޮމިޝަނުން ނިންމާފައިވާ މައްސަލައެކެވެ. އެހެންނަމަވެސް، 22 ޑިސެމްބަރު 2019 ގައި މި މައްސަލަ އަލުން ރިވިއު ކޮށްދިނުމަށް އެދި މައްސަލަ ތަޙްޤީޤުކުރި ޓީމުން އެދިފައިވާތީ، މި މައްސަލައިގެ ފައިލް އަލުން ހުޅުވައި ތަޙްޤީޤު ފުރިހަމަ ކުރުމަށް 24 ފެބުރުވަރީ 2020 ގައި ބޭއްވި ކޮމިޝަންގެ މެމްބަރުންގެ ބައްދަލުވުމުން ނިންމުމާގުޅިގެން، މި މައްސަލައިގެ ތަޙްޤީޤު ފުރިހަމަކުރުމަށް 01 މާރިޗު 2020 ގައި އިންވެސްޓިގޭޝަން ޓީމާ ވަނީ ޙަވާލުކުރެވިފައެވެ. 29 ސެޕްޓެންބަރު 2020 ގައި ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލައަކީ އެގޮތުން ފުރިހަމަކޮށްފައިވާ ތަޙްޤީޤާގުޅޭ މައްސަލައެވެ.

ރޮޒައިނާ އާދަމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމް އަދި ޕީއެންސީން ސަރުކާރު ވައްޓާލަން ބޭނުންވެގެން އުޅޭ ހަގީގީ ސަބަބު މިހިރަ ދަނީ ހާމަވަމުން ކަމަށާއި މި މައްސަލަތައް ބަލާ ދައުވާކޮށް އަދަބު ދިނުމުގެ ކުރިން ކޮންމެ އެއްޗެއް ކިޔައިގެން ވެސް ސަރުކާރު ވައްޓާލަން މި މީހުން ބޭނުންވާ ކަމަށެވެ.

މި މައްސަލައިގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ، އެމް.އާރް.ޑީ.ސީގެ ކުރީގެ ބޯޑުގެ މެންބަރުން ކަމުގައިވާ އިބްރާހީމް ނަޡީމް (މއ.އެލީޒިއަމް) އާއި މުޙައްމަދު ރިޔާޟް (ވ.ނަލަދުވެލި) އާއި އަޙްމަދު ރަޝީދު (މއ.ޔެލޯޑައިމަންޑް) އަދި މުޙައްމަދު ޢަލީދީދީ (ގ.މާބަދި) ގެ މައްޗަށެވެ. މިފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Theeth

    vahttaalaakah nujeheyne vehtteyne amilla ah balanthibey vaccine rayyithunnah libuneema vaagoiy

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ