އެސްޓީއޯއިން ވިއްކާ ރެމްކޯ ސިމެންތީގެ އަގު ބޮޑު ތަނުން ހެޔުކޮށްފި އެވެ.
އެސްޓީއޯ އިން ވިދާޅުވީ ރެމްކޯ ސިމެންތި ބަސްތާއެއް އެކުންފުނީގެ ހދ. ކުޅުދުއްފުށި ފިހާރައިން ދެން ވިއްކަމުން ދާނީ 90 ރުފިޔާ އަށް ކަމަށެވެ. ކުރިން އެސްޓީއޯ ކުޅުދުއްފުށި ފިހާރައިން ރެމްކޯ ސިމެންތި ބަސްތާއެއް ވިއްކަމުން ދިޔައީ 106 ރުފިޔާ އަށެވެ.
އެސްޓީއޯ ގެ ކުޅުދުއްފުށީ ފިހާރައިން ވިއްކާ ރެމްކޯ ބްރޭންޑުގެ ސިމެންތި އަގު ހެޔޮ ކޮށްފައި މިވަނީ ކޮޗިން އާއި ކުޅުދުއްފުށި އާއި ދެމެދު ދަތުރު ކުރާ ކާގޯ ފެރީގެ ހިދުމަށް ފެށުމާއި ގުޅިގެންނެވެ.
އެސްޓީއޯއިން ވިދާޅުވެފައިވަނީ 90 ރުފިޔާ އަށް ވިއްކަމުންދާ ސިމެންތިއަކީ މިފަހަރު ކޮޗިން ފެރީން ގެނަސްފައިވާ ސިމެންތި ކަމަށެވެ.
ރެމްކޯ ސިމެންތި ވަރަށް ބޮޑަށް އަގުހެޔޮވެއްޖެ! pic.twitter.com/5x5HIzh0mp
— STO Plc (@stoplc) October 1, 2020
ކޮޗިން ފެރީން ކުޅުދުއްފުއްޓަށް ގެންނަ މުދަލުގެ ޑިއުޓީ ކުޑަވާއިރު މާލޭގައި ގުދަން ކުރަން ނުޖެހި ސީދާ ކުޅުދުއްފުށި އެސްޓޯއީ ފިހާރައަށް މިހާރު މުދާ ގެނެވޭނެގޮތް ވުމުން ތަކެތީގެ އަގަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ގިނަ ފަރާތްތަކެއް ގެންދަނީ ބުނަމުންނެވެ.




