ގއ.ދާންދޫ

ދާންްދޫގައި ހިންގި މާރާމާރިއެއްގައ ތިން މީހަކަށް އަނިޔާވެއްޖެ

ގއ. ދާންްދޫގައި ހިންގި މާރާމާރިއެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ދާންދޫގައި މިމާރާމާރީ ހިންގިކަމުގެ ރިޕޯރޓް ލިބިފައިވަނީ ރޭ 23:25 ހާއިރުކަމަށާއި، މިއީ ދެގްރޫޕެއްގެ ދެމުދުގައި ހިންގި މާރާމާރީއެއްކަމަށެވެ. އަދި މިމާރާމާރީގައި 3 މީހަކަށް އަނިޔާވެފައިވާއިރު، އޭގެތެރެއިން އެކަކު ފަރުވާއަށް ރޭ ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންދެވުނުކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަދި މިމައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ޙައްޔަރު ނުކުރާކަމަށާއި، މައްސަލަ ތަޙުޤީޤުކުރަމުން ގެންދާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިމައްސަލައިގެ އިތުރު ތަފްޞީލެއް ފުލުހުން ނުދެއްވައެވެ. ނަމަވެސް ދާންދޫ ކައުންސިލްގެ އޮފިޝަލަކާއި ޙަވާލާތީ "ވަގުތު" ނޫހުގައި ބުނެފައިވަނީ މާރާމާރީ ހިންގީ ރަށުގެ ދެގްރޫޕެއްގެ ދެމެދުގައި ކަމަށާއި، އެއް ގުރޫޕުގައި ތިބީ އުމުރުން 25 އަހަރުގެ ދެ މީހަކާއި 27 އަހަރުގެ މީހެއްކަމަށެވެ. އަދި އަނެއް ގުރޫޕުގައި ހަރަކާތްތެރިވީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި ގާތްގަނޑަކަށް ވިއްސަކައަށް އަހަރުގެ މީހެއްކަމަށާއި، އަދި މިމާރާމާރީގައ އަނިޔާތަކެއް ލިބުނީ ވިއްސަކަށް އަހަރުގެ ޒުވާނާ އަށްކަމަށްވެސް ވަގުތު ނޫހުގައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ