މަޝްހޫރު ގޯލް ކީޕަރު އިމްރާން މުޙައްމަދު އެއް އަހަރު ދުވަހުގެ ކޮންޓްރްކެޓެއްގައި ޓީސީ ސްޕޯޓްސް ކުލަބަށް ސޮއި ކޮށްފިއެވެ.
ޓީސީން އިމްރާން ލައްވައި ސޮއި ކުރުވީ، މީގެ ކުރިން ޓީސީގެ ގޯލް ބެލެހެއްޓި، ނޭޕާލްގެ ގައުމީ ޓީމުގެ ކީޕަރު ކިރަން ޝެމޮޝެންގް މި އަހަރުވެސް ގެންނަން ނިންމައި، ޓީސީން ކުރިން އޭނާއާއެކު ކޮންޓްރެކްޓްވެސް އާކޮށްފައި ވަނިކޮށެވެ.
ނެވެ.
ޓީސީގެ އޮފިޝަލަކު ބުނީ، މިދިޔަ ސީޒަންގެ މޮޅު ކީޕަރުގެ އެވޯޑް ހޯދި ކިރަން ނުގެންނަން ޓީސީން ނިންމީ، ސީޒަން ފެށެން ކުޑަތަން ވެފައިވާއިރު ވެސް އޭނާއަށް ޓީމުގެ ޕްރެކްޓިހުގައި ބައިވެރި ނުވެވުމުން ކަމަށާއި، އިމްރާން ޓީމަށް ގެނެވެމުން ޓީމު އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ. އަދި ބިދޭސީ ކުޅުންތެރިންގެ ޖާގައަށް ފީލްޑް ކުޅުންތެރިޔަކު ހޯދަން މަގުފަހި ވެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
"އަނެއްކަމަކީ އިމްރާން ކަހަލަ ތަޖުރިބާކާރު ކުޅުންތެރިޔަކު އަދި ލީޑާޝިޕް ހުރި ކުޅުންތެރިޔެއް މީ ޓީމުގެ ޒުވާން ކުޅުންތެރިންނަށް ވެސް ލިބިގެންދާނެ ބޮޑު ހިތްވަރެއް." ޓީސީގެ ސީނިއަރ އޮފިޝަލަކު ވިދާޅުވިއެވެ.
އިމްރާން ޓީސީއަށް ބަދަލުވިއިރު، އެ ޓީމުގެ ކީޕަރެއްގެ ގޮތުގައި އިމްރާންގެ ކޮއްކޮ އާދަމް އިމްމާން (އިންމި) ވެސް ހަރަކާތްތެރިވެ ޓީސީގެ ޓްރެއިނިން ތަކަށް ނުކުމެއެވެ.
ޓީސީގެ ގޯލްކީޕިން ކޯޗަކީ، ވިކްޓަރީއަށް އިމްރާން ކުޅުނު އިރު، ވިކްޓަރީގައި ބަދަލު ކީޕަރެއްގެ ގޮތުގައި ހުރި އަހްމަދު އަހްސަނެވެ.