ފްރެންޗް ލީގު 1 ގައި އެންޖާސްއާއި ދެކޮޅަށް ރޭ ކުޅުނު މެޗު ޕީއެސްޖީއން ފަޞޭޙަކަމާއެކު ކާމިޔާބުކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު ޕީއެސްޖީއިން ކާމިޔާބުކޮށްފައިވަނީ 6-1 ގެ ނަތީޖާއަކުންނެވެ. ޕީއެސްޖީގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ޕީއެސްޖީއަށް ލަނޑުތައް ޖަހާދީފައިވަނީ ފްލޮރެންޒީ، ނޭމާ، ޑްރެކްސްލާ އަދި ގުއެޔޭގެ އިތުރުން އެމްބާޕޭއެވެ. މިމެޗުގައި ނޭމާވަނީ ޕީއެސްޖީއަށް ދެލަނޑު ކާމިޔާބުކޮށްދީފައެވެ. އެންޖާސްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޓަރޯރޭއެވެ.
މާސޭ އަތުން ޕީއެސްޖީ ދަށްވި މެޗުގައި ދެއްކި ރަތްކާޑާއި ގުޅިގެން އައި ދެ މެޗުގެ ސަސްޕެންޝަންއަކަށްފަހު ރޭ ޕީއެސްޖީއަށް ކުޅެދިން މިމެޗުގައި ނޭމާ ޖެހި ދެލަނޑަކީ މިސީޒަންގައި އޭނާ އެކްލަބަށް ކާމިޔާބުކޮށްދިން ފުރަތަމަ ދެ ލަނޑެވެ. ގިނަ ހަމަނުޖެހުން ތަކެއް ފެނިގެންދިޔަ އެމެޗުގައި ޕީއެސްޖީގެ ޑިމާރިއާއަށްވަނީ ހަތަރު މެޗުގެ ސަސްޕެންޝަންއެއް އައިސްފައެވެ.
???? A fine evening for @neymarjr ????#PSGSCO pic.twitter.com/TioOuuhA3y
— Paris Saint-Germain (@PSG_English) October 2, 2020
އަދި މިމޮޅާއެކު 6 މެޗުން ލިބުނު 12 ޕޮއިންޓާއެކު ޕީއެސްޖީވަނީ ތާވަލްގެ ދެވަނައަށް ޖެހިލާފައެވެ. 5 މެޗުން ލިބުނު 13 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި އޮތީ ރެނެސްއެވެ. އަދި ތިންވަނާގައި އޮތް ލިލޭވަނީ 5 މެޗުން 11 ޕޮއިންޓް ހޯދާފައެވެ.



