ވެލި ބަރުކޮށްގެން ދިޔަ ހދ. ނޮޅިވަރަމް ދޯންޏެއް ދިޔަވެ އަޑިއަށްދާކަމުގެ މައުލޫމާތު މިނޫހަށް ލިބިއްޖެއެވެ.
ހދ. ކުރިނބީ ކައުންސިލްގެ ރައީސް މިނޫހަށް ވިދާޅުވީ، ވެލި ބަރުކޮށްގެން ދިޔަ ހދ. ނޮޅިވަރަމް ގިންތި ނަމަކަށްކިޔާ ދޯނި ދިޔަވަމުންދާތީވެ، ކުރިނބީ ފަޅުތެރެއަށް ވަދެފައިވާ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެދޯނީގެ ޕަންޕް ވަނީ ހަލާކުވެފައެވެ.
ދޯނީގައި ހުރި ވެލިތަށް ހުސްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، މިހާދިސާގެ ރިޕޯޓް ފުލުހުނަށް ހުށައަޅާފައިވާ ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. މިހާދިސާ ހިނގި ވަގުތު ދޯނިގައި ހަ މީހަކު ހުރިކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މިދޯނި ކުރިނބީ ފަޅުތެރެއަށް މިހާރު ވަނީ އަޑިއަށްގޮސްފައި ކަމަށް މައުލޫމާތު ލިބޭއިރު، އެމްއެންޑީއެފް އިން ދަނީ އެސަރަހައްދުގައި ހަރަކާތެރިވަމުންނެވެ.



