މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "ކެނަބިސް" ބޭސްފަރުވާއަށް ރާއްޖޭގައި ބޭނުން ކުރުން ޤާނޫނީ ގޮތުން ހުއްދަ ކުރަން ފެންނަ ކަމުގައި މާލޭ ސިޓީގެ މޭޔަރ ކަމަށް ވާދަ ކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޓެގް ކުރައްވާ އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިއްހީ ބޭނުންތަކަށް ކެނަބިސް ބޭނުން ކުރުމުގެ ހުއްދަ ދިނުމާއި މެދު މަޖިލީހުން ވިސްނަން ޖެހޭ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަލްހާން ކުރެއްވި ޓްވީޓްގައި ކެނަބިސް އިން ލިބޭ ފައިދާތައް ކަމަށް ބުނެ ލިޔެފައިވާ ލިޔުމެއްވެސް ހިއްސާކޮށްފައިވެއެވެ.
I believe the legislator should consider legalizing #Cannabis for medical purposes in the Maldives. @MohamedNasheed https://t.co/Jd4OHXwFj2 pic.twitter.com/5BBp6M1oqp
— ???????????????????? ???????????????????? - ???????? (@AlhanFahmy) October 2, 2020
ދުނިޔޭގެ އެކި ސަރަހައްދުތަކުން ބައެއް ގައުމުތަކުގައި ކެނަބިސް ސިއްހީ ބޭނުންތަކަށް ބޭނުން ކުރުމުގެ ހުއްދަ ދީފައިވީނަމަވެސް އެއްވެސް އިސްލާމީ ގައުމެއް އެހުއްދަ އަދި މިހާތަނަށް ދީފައެއްނުވެއެވެ.
ކެނަބިސް ޓްރެފިކް ކުރާ މީހުންނަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް އަންނާނެކަމަށްް ރާއްޖޭގެ ގާނޫނުގައި ބުނެފައިވީނަމަވެސް މިހާރު ވެސް ރާއްޖެ އަށް ކެނަބިސް އެތެރެކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.



