ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު، އައްޑޫ ސިޓީއިން ބަޔަކު ހައްޔަރުކޮށްފިއެވެ.
ޕޮލިސްކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވީ، ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްއިން ހިންގާ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް އައްޑޫ ސިޓީގައި ކުރިއަށްގެންދާކަމަށެވެ.
އެގޮތުން މި އޮޕަރޭޝަންގެ ދަށުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު، އައްޑޫސިޓީން މީހުންތަކެއް ހައްޔަރުކޮށްފައިވާކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
Huge police counter narcotics operation underway in Addu City. Persons arrested & a significant amount of drugs seized. Our Drug Enforcement Department, Drugs Intelligence Unit, Divisional Intelligence Department, Marine Police & South Police Division at work. #highimpactcrime
— Mohamed Hameed (@M_Hameedh) October 3, 2020
ހަމީދު ވިދާޅުވީ، ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި، ޑްރަގް އިންޓެލިޖެންސް ޔުނިޓާއި ޑިވިޝަނަލް އިންޓެލިޖެންސް ޑިޕާޓްމެންޓްގެ އިތުރުން މެރިން ޕޮލިސް އެންޑް ސައުތު ޕޮލިސް ޑިވިޝަނުން ގުޅިގެން މި މައްސަލަ ތަހުޤީގުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.



