އަހުމަދު ނިހާން ހަސަން މަނިކު ފޮޓޯ: ސަން

ޕާޓީއާއި ކޯލިޝަން އަންނާނީ ދީނާއި ޤައުމުގެ ފަހަތަށް - ނިހާން

ޕާޓީއާއި ކޯލިޝަން އަންނާނީ ދީނާއި ޤައުމުގެ ފަހަތަށްކަމަށް ކުރީގެ މަޖިލިސް މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކުވިދާޅުވެއްޖެއެވެ.

ނިހާންކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދީނާއި ޤައުމު އަންނާނީ ކުރިއަށްކަމަށާއި ޕާޓީއާއި ކޯލިޝަން އަންނަނީ އޭގެ ފަހަތަށްކަމަށެވެ.

ނިހާން އިތުރަށް ވިދާޅުވީ އިސްލާމް ދީނުގެ ދިފާޢުގައި ބަަސްބުނުމުގެ ހައްޤު އޮންނަށްޖެހޭނީ ވަކި ސިޔާސީ ޕާޓީ އެއްގައި ހިމެނޭ ވަކި ބަޔަކަށް ނޫންކަމަށާއި މުސްލިމު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް މި ހައްޤު ފުރިހަމަ އަށް ލިބިގެންވާކަމަށެވެ. އެއީ ކޮންމެ ފަރުދެއްގެ ވެސް ވާޖިބެއްކަމަށާއި އެކަން ކުރޭތޯ ބެލުމަކީވެސް އެންމެންގެ ޒިންމާއެއްކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން މިމޭރުމުން ވިދާޅުވެފައިމިވަނީ ބިދޭސީއަކު މާލޭ މަގުމަތީގައި މަސްތުގެ ހާލުގައި ހުރެ ދީނަށް ފުރައްސާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ވަރަށް ބާރަށް ދަޢުރުވަމުންދާއިރު މަސްތުގެ ހާލުގައި ހުރެ ދީނަށް ފުރައްސާރަކުރި ބިދޭސީ މީހާގައިގާ އަތް ނުލާ ފުލުހުން ހުރުމުން ގިނަބަޔަކު  ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

އަދި އެމީހަކު އެމީހެއްގެ ޒިންމާ އަދާ ކުރީމަ ހުންނާނީ ރަނގަޅަށް ކަމަށާއި އަނެކަކު އާދޭތޯ، ނާދާތޯ ނުބަލާ ކުރިއަށް ހިނގައިގަތީމަ ހުންނާނީ ރަނގަޅަށްކަމަށްވެސް ނިހާން ވިދާޅުވިއެވެ.

"އިސްލާމްދީނަށް ފުރައްސާރަ ކުރުން ހުއްޓުވުމުގައި އަތުން އެކަން ހުއްޓުވޭފަދަ މީހަކު ނަމަ އެކަމެއް އަތުން ހުއްޓުވާނީއެވެ. ދުލުން ހުއްޓުވޭމީހާ ދުލުން ހުއްޓުވާނީއެވެ. އެވަރުވެސް ނުވެވޭ މީހާ އިޝާރާތަކުން ނަމަވެސް އެކަން ކުށްވެރު ކޮށް، ހިތުންވެސް އެކަން ކުށްވެރި ކުރަންވާނެ" ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ