ކޮވިޑް-19: އިންޑިއާއިން މަރުވި މީހުންގެ އަދަދު ލައްކައަކަށް އަރައިފި

ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހިގެން އަވައްޓެރި އިންޑިއާއިން މަރުވި މީހުންގެ އަދަދު އެއްލައްކައަށް އަރައިފިއެވެ.

ކޮވިޑް-19ގެ މައުލޫމާތު ގެނެސްދޭ ވޯލްޑްމީޓާ ވެބްސައިޓުގައިވާގޮތުން، އިންޑިއާއިން މިހާތަނަށް މި ބަލި ޖެހިގެން 101,812 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ޕޮސިޓިވް ވެފައިވަނީވެސް އިންޑިއާއިންނެވެ. އެޤައުމުން މިހާތަނަށް 6,549,373 މީހަކު މި ބައްޔަށް ވަނީ ޕޮސިޓިވްވެފައެވެ.

މިހާތަނަށް ދުނިޔޭގެ 215 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، އެންމެ ގިނަ އަދަދަކަށް މި ވައިރަހަށް ޕޮސިޓިވްވެ އަދި މީހުން މަރުވެފައި ވަނީ އެމެރިކާއިންނެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 7,600,846 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވާއިރު، 101,812 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ކޮވިޑް-19ގެ މައުލޫމާތު ގެނެސްދޭ ވޯލްޑްމީޓާ ވެބްސައިޓުގައިވާގޮތުން، ޗައިނާގެ ވޫހާން ސިޓީން މިދިޔަ އަހަރުގެ ފަހުކޮޅު ފެނުނު ކޮވިޑް-19 ޖެހިގެން މުޅި ދުނިޔެއިން މިހާތަނަށްވަނީ 1,038,032 މީހުން މަރުވެފައެވެ. އަދި މި ރޯގާއަށް މުޅި ދުނިޔެއިންވަނީ 35,140,684 މީހުން ޕޮޒިޓިވުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ