ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ދިވެހިރާއްޖޭގެ ހައިކޯޓަށް ޢައްޔަންކުރުމަށް ނިންމާފައިވާ ބޭފުޅުންގެ ފަނޑިޔާރުކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.
ޖޭއެސްސީން ވިދާޅުވީ، އެކޮމިޝަންގެ 68 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ފަދައިން، ސ.މަރަދޫ ޒެފެއަރ، އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާ
އާއި ކ.ދިއްފުށީ ސްވީޓްމީޑް، އަލްއުސްތާޛު ޙަސަން ޝަފީޢު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް މިއަދު ވަނީ އައްޔަނުކުރައްވާފައި ކަމަށެވެ.
އެގޮތުން، މި ދެ ފަނޑިޔާރުން، ފަނޑިޔާރުކަމުގެ ހުވާ ކުރެއްވުމާއި، މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު މިއަދު ކޮމިޝަނުގެ އިދާރާގައި ބާއްވާފައިވާއިރު، މި ދެބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު
އިބްރާހީމްއެވެ.
Dhivehi Raajjeyge High Court ah ayyan kurumah nimmaafaivaa fandiyaarun huvaa kurevvun pic.twitter.com/ZrMVy0T8oA
— JSC Maldives (@MaldivesJSC) October 4, 2020