ރާނިޔާގެ ދިފާއުގައި ގާސިމް!

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެންމެފަހުން ކައިވެނި ބައްލަވައިގެއްނެވި ރާނިޔާ އަހުމަދު އާއި ގުޅޭގޮތުން މީސްމީޑިއާގައި މިހާރު ދެކެވޭ ވާހަކަތައް ދޮގުކޮށް ރާނިޔާގެ ދިފާއުގައި ގާސިމް ނިކުމެވަޑައިގެންފިއެވެ.

ރާނިއާ އާއި ގުޅޭ ގޮތުން މީސްމީޑިއާގައި މިހާރު ދެކެވޭ ވާހަކަތަކާއި ގުޅިގެން ގާސިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ގާސިމް ރާނިއާ އާއި އިނުމުން ރާނިއާ އާއި ގާސިމްގެ އަގުވައްޓާލުމަށް މީޑިއާގައި ހަގީގަތެއް ނެއް ދޮގު މައުލޫމާތު ފަތުރަމުންދާތީ އެކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށެވެ.

އަދި މިހާރު މީސްމީޑިއާގައި ރާނިއާ ދެއްކި ވާހަކަތަކެއް ކަމަށް ބުނެ ފަތުރަމުންދާ ޗެޓް ލޮގްތަކަކީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ރާނިއާގެ ފޭސްބުކް އެކައުންޓް ހެކްކޮއްގެން އެ ހެކްކުރި މީހުން އުފައްދައިގެން އުޅޭ އެއްޗެހިތަކެއް ކަމަށްވެސް ގާސިމްވަނީ ވިދާޅުވެފައެވެ.

ގާސިމް ވަރަށް ފަހަކާއި ޖެހެންދެންވެސް ހަތަރު ބޭފުޅުންނާއި ކައިވެނި ބައްލަވައިގަނެގެން އުޅުއްވިއިރު ރާނިއާ އާއި ކައިވެނި ބައްލަވައިގަތުމަށް ވަރި ކުރެއްވީ ކޮންބޭފުޅެއްކަން އަދި އެނގިފައެއް ނުވެއެވެ.

ގާސިމްގެ ހަގު އަނބިކަނބަލުންގެ ގޮތުގައި މިހާތަނަށް އިންނެވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. ނަމަވެސް އެ ދެ ބޭފުޅުންގެ ގުޅުން ގޯސްވެފައިވާ ކަމަށް އަޑުފެތުރިފައިވާއިރު ގާސިމް އެކަމަނާ ވަރި ކުރައްވާފައިވާ ކަމަށް ވެސް އަޑުތައް ފެތުރިފައި ވެއެވެ.

މިލިޔުން ކިޔާލުމުން
221
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ