ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް، އަދި އަނބިކަނބަލުން، މިނިސްޓަރ ނަހުލާ-- ފޮޓޯ: ފަޔާޒް މޫސަ/ސަން

ގާސިމްގެ ހަޔާތާ ގުޅޭ ފިލްމެއް ހަދަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހަޔާތްޕުޅުގެ މައްޗަށް ފިލްމެއް ހަދަން ނިންމައިފިއެވެ.

ގާސިމްގެ ހަޔާތްޕުޅުގެ މައްޗަށް ފިލްމެއް ހަދަން ނިންމާފައިވަނީ ޖުމްހޫރީ ޕާޓީގެ އޯޑިއޯ/ވީޑިއޯ ސްކޮޑްގެ ކޯ ޗެއާ އަދި މަޝްހޫރު ފިލްމީ ތަރި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އެވެ. އޭނާ އެކަން އިއުލާންކުރީ ގާސިމްގެ އަމިއްލަ ޓީވީ، ވީޓީވީން ގެނެސްދިން ޕްރަގްރާމެއްގެ ތެރެއިންނެވެ.

ކޮޕީ އިއްސެ ބުނި ގޮތުގައި، ގާސިމްގެ ހަޔާތްޕުޅަށް ބިނާކޮށް ހަދަން ނިންމައިފައިވާ މި ފިލްމަކީ ބައޮގްރަފިކަލް ޑްރާމާއެކެވެ. އަދި މިި ފިލްމްގެ މަސައްކަތާއި ގުޅޭގޮތުން މިދިޔަ އަހަރުން ފެށިގެން ވާހަކަދެކެވެމުން އަންނަކަމަށާއި، މި ފިލްމް ވަރަށް ފެންވަރުގައި އާއްމުންނާ ހިސާބަށް ގެނެސްދޭނެކަމަށެވެ.

ކޮޕީ އިއްސެ ބުނިގޮތުގައި ގާސިމްގެ ވާހަކަ ފިލްމެއްގެ ގޮތުގައި ހަދާފައި އޮތުމަކީ ކުރިއަށް އޮތް ޖީލުތަކާ ހިސާބަށް ގާސިމްގެ ހަޔާތުގެ ވާހަކަ ގެނެސްދިނުމަށް ކުރަން ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި އަމާޒަކީ "އިންޓަނޭޝަނަލް ފެންވަރު" ގެ ފިލްމެއް ހެދުން ކަމަށްވެސް ކޮޕީ އިއްސެ ބުންޏެވެ.

އިރާދަ ކުރެއްވިއްޔާ އެ މަސައްކަތް ކުރާނަން. އަދި ހަދާނީވެސް އާދައިގެ ގޮތަކަށް ނޫން. އިންޓަނޭޝަނަލް ފެންވަރުގައި ހަދާނީ އިރާދަކުރެއްވިއްޔާ،" ކޮޕީ އިއްސެ ބުންޏެވެ. މީގެ އިތުރުން ކޮޕީ އިއްސެ ބުނީ، ގާސިމްގެ ހަޔާތްޕުޅަކީ އިބްރަތުން ފުރިފައިވި ދިރިއުޅުމެއް ކަމަށާ އެއީ ދައުލަތުގެ އަރުޝީފުގައި ރައްކާކުރަން ޖެހޭ މައުލޫމާތުތަކެއް ކަމަށެވެ.

ގާސިމްގެ ހަޔާތްޕުޅަށް ކޮޕީ އިއްސެ ފިލްމެއް ހަދަން ނިންމައިފައިވާއިރު، ކޮޕީ އިއްސެއަކީ ދިވެހި ފިލްމް އިންޑަސްޓްރީގައި އުފެދުނު އެންމެ ވަރުގަދަ އެއް އެކްޓަރެވެ. އޭނާއަކީ ސާކް ފިލްމު ފެސްޓިވަލްގައި މޮޅު އެކްޓަރުގެ މަގާމު ހޯދި ރާއްޖޭގެ ހަމައެނި އެކްޓަރެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ